ads
ވިކީ އަދި ކެޓްރީނާ:
ކެޓްރީނާގެ ފިރިއަކަށްވުމުން ކުރެވޭ އިހުސާސްތައް ވިކީ ކިޔައިދީފި
ޒަމާންތަކަށްފަހު ކެޓްރީނާ ކައިފް އާއި ވިކީގެ ކައިވެނީގެ ގުޅުމާ ގުޅޭގޮތުން ކެޓްރީނާގެ ފިރިމީހާ ވިކީ ކައުޝަލް ވާހަކަ ދައްކައިފި އެވެ.

ފިލްމީ ތަރި ކެޓްރީނާ އާއި ވިކީ ސިއްރުން އެތައް ދުވަހަކު އުޅުމަށްފަހު، ކައިވެނިކުރީ 2021 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން ވެސް ދެ މީހުންގެ ކައިވެނީގެ ހަޔާތާގުޅޭ މާގިނަ ވާހަކަތަކެއް ހިއސާކޮށްފައެއް ނުވެއެވެ. 

މި ޖޯޑަކީ އެމީހުން ރައްޓެހިވެގެން އުޅުނުއިރުވެސް، އެމީހުންގެ ޒާތީ ދިރިއުޅުން ވަރަށް ސިއްރުން ގެންގުޅުނު ބައެކެވެ. އެމީހުން ކައިވެނި ކުރުމަށްފަހު ވެސް ދެ މީހުންގެ ފޮޓޯއެއް ފެނޭތޯ ވެސް އެތައް ދުވަހެއް ވަންދެން ފޭނުން ތިބެން ޖެހުނެވެ. ދެން ފޭނުން އިންތިޒާރުކުރީ އެމީހުންގެ ގުޅުމާއިބެހޭގޮތުން ދެމީހުންވެސް އެއްޗެއް ބުނާނެ ދުވަހަކަށެވެ.

ކައިވެންޏާއި، ބެހޭގޮތުން ފުރަތަމަ ފަހަރަށް ވަކީ މިވަނީ އަބޫ ދާބީގައި އޮތް އައިފާ އެވޯޑު ޝޯގައި ވާހަކަދައްކާފައެވެ. ވިކީ ބުނީ، ވިކީ އާއި ކެޓްރީނާއި ދެމީހުންގެ ގުޅުން ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ދެމީހުންވެސް ވަރަށް ސުލްހަވެރިކަމަށެވެ. އަދި ކައިވެންޏަށްފަހު ދެމީހުންނަށްވެސް "ދިރިއުޅުމުގައި ހަމަހިމޭންކަމާއި، ހިތްހަމަޖެހުން" އިހުސާސް ކުރެވޭ ކަމަށެވެ. 

"ދިރިއުޅުމަށް ވަނީ ހަމަޖެހުން ލިބިފަ. ވަރަށް ބޮޑަށް މިސްވޭ މިހާރުވެސް ކެޓްރީނާ މަތިން. އަންނަ އަހަރު އައިފާ އެވޯޑަށް ދެ މީހުން އެއްކޮށް އަންނާނަން،" ވިކީ ބުންޏެވެ. މިފަހަރުގެ އެވޯޑު ޝޯއަށް ކެޓްރީނާ އައިސްފައެއް ނުވެއެވެ.

ވިކީއާއި ކެޓްރީނާ އެންމެ ފަހުން އެކުގައި ފެނިފައިވަނީ ކަރަންޖޯހަރުގެ އުފަންދުވަހުގެ ޕާޓީންނެވެ. އެ ޕާޓީއަށްފަހު ކެޓްރީނާ ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވި ކަން އިއުލާނުކޮށްފައެވެ. 

ކެޓްރީނާ އަކީ ގިނަ ފިރިހެނުންގެ ހިތްތައް ކަތިލާފައިވާ ބަތަލާއެކެވެ. އޭނާ ވިކީއާއި ކައިވެނިކުރުމާއިއެކު، ވިކީ އަކީ ދުނިޔޭގެ އެންމެ "ލަކީ ފިރިހެނާ" ކަމަށްވެސް ބައެއް ފޭނުން ބުނަމުންދިޔަ އެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް