ads
ބިދޭސީން--
ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭނަމަ ބިދޭސީންނަށް ދާއިމީ ލައިސަންސް ލިބޭ ގޮތް ހަދައިފި
ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި އުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިމީ ލައިސަންސް ލިބޭގޮތް ހަދައިފި އެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި މީގެ ކުރިން އޮންނަ ގޮތުން ބިދޭސީންނަށް ދެނީ އެއް އަހަރު ދުވަހުގެ ވަގުތީ ލައިސަންސެކެވެ. 

ނަމަވެސް މިއަދު އާއްމުކޮށްފަައިވާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައި ވާގޮތުން، ދާއިމީ ލައިސަންސަކީ، ލައިސަންސް ނަގައިފައިވާ ދިވެހި ރައްޔިތުންނަށާއި، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފަރާތްތަކަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުން ދޫކުރާ ލައިސަންސެކެވެ. މި ދާއިމީ ލައިސަން އާކުރަންޖެހޭނީ 10 އަހަރުފަހުންނެވެ. 

މިއަދު އާއްމުކޮށް އަމަލުކުރަން ފެށި އެ އިސްލާހުގައިވާގޮތުން، މިހާރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް، އިމްތިހާނު ހެދުމަކާ ނުލައި، ލައިސަންސް ކެޓަގަރީއެއް އިތުރުކޮށްދެވިދާނެއެވެ. އެގޮތުން ކެޓަގަރީ އިތުރުކުރުމަށް އެދޭނަމަ، ފޯމު ހުށަހަޅައި، އެކަމަށް ކަނޑައަޅާފައިވާ އަދަދަށް ފައިސާ ދައްކުމުން ލައިސެންސް ކެޓަގަރީ އިތުރުކޮށްދޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް