ads
ޝަހުބާން ފަހުމީ (ކ):- ފޮޓޯ މީޑިއާ ކައުންސިލް
މީޑިއާ ކައުންސިލްގެ ރައީސް ކަމުން ޝަހުބާން އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައު ހުންނެވި، ޝަހުބާން ފަހުމީ އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަހުބާން އިސްތިއުފާ ދީފައިވާއިރު އެނާގެ އިތުބާރު ނެތްކަމުގެ ވޯޓު ދެ ފަހަރަކު ނެގި އެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެނޭގެ އިތުބާރު ނެތްކަމަށް ފާހެއް ނުވެއެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ޝަހުބާން ވިދާޅުވީ އިސްތިއުފާ ދިނީ އެއްވެސް މީހަކު ބުނެގެން ނޫންކަމަށާއި، އިސްތިއުފާ ދިނީ އެއްވެސް ފަރާތެއްގެ ބޭނުމެއް ހާސިލްކޮށްދިނުމަށްވެސް ނޫން ކަމަށެވެ. 

ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. މި މައްސަލަ އާއި ގުޅިގެން މީޑިޔާ ކައުންސިލްގެ ބައެއް މެންބަރުން ވަނީ ހިންހަމަ ނުޖެހުން ވެސް ފާޅުކޮށްފަ އެވެ. 

ޝަހުބާން މިއަދު ބުނީ އިސްތިއުފާ ދިނީ މިއިންއެއް ވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

ހަމައެކަނި މީޑިޔާ ކައުންސިލްގެ މަސައްކަތްތައް މިވަގުތު ޝަހުބާން ހުރެގެން ނުހިނގާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

"އިސްތިއުފާ ދިނީ މި މައްސަލަ އޮވެގެނެއް ނޫން. އަދި ވަކި މީހަކު ބުނެގެނެއްވެސް ނޫން. މީޑިޔާ ކައުންސިލްގެ މަސައްކަތް އެންމެ ރަގަޅަށް ކުރިއަށްދާނީ އަޅުގަނޑު އިސްތިއުފާ ދީގެންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އަޅުގަނޑު މިވަގުތުން ފެށިގެން އިސްތިއުފާ ދިނީ." ޝަހުބާން ވިދާޅުވި އެވެ.

ޝަހުބާން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކުރައްވައި އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ. 

ޝަހުބާން އާއި އޭނާގެ ބޭބެ އަލްހާން ފަހުމީއާއެކު ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތާ ގުޅިގެން ފުލުހުން ވަނީ އެމީހުން ހާޒިރުކޮށް ސުވާލުކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް