ads
ޖާބިރު
އިލެކްޝަން ކޮމިޝަން ހިނގަންވާނީ ދަޅުމަހު އުސޫލުން: ޖާބިރު
އިލެކްޝަން ކޮމިޝަންގައި ވަރަށްގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، އިލެކްޝަން ކޮމިޝަން އޮޕަރޭޓް ވާންޖެހޭނީ ދަޅުމަސް ފެކްޓްރީގެ އުސޫލުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ސިޔާސީޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރާ އުސޫލުގެ ސަބަބުން ސިޔާސީ ޕަޓީތަކާއި އާންމުގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހަންމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ހުށަހެޅުއްވި ކުއްލި މައްސަލައަށް  ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ އިލެކްޝަން ކޮމިޝަނުގައި ވަރަށް ގިނަ މައްސަލަތައް ހައްލުކުރަން ހުރި ކަމަށެވެ. 

"އަޅުގަނޑުމެން މަސް ކާރުހާނާ ހިންގާއިރު މިސާލަކަށް ފެލިވަރު. ދަޅުމަސް ބަންދުވާއިރު ބެލްޓް މަތިން އޮޕަރޭޓްވަމުން ގޮސް ފައިނަލް ދަޅުމަހަށް. ދަޅަށް އެޅިގެންނޫންތޯ ގޮސް އޮޕަރޭޓް އެވަނީ. އެހެންވީމަ މި ފެކްޓްރީ އުސޫލައްތާ އިލެކްޝަން ކޮމިޝަން ހިނގަންވާނީ."

އިލެކްޝަން ކޮމިޝަނަށް ހުރި ގިންޖެހުންތަކަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ކޮމިޝަނުގައި ބަޖެޓެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނުގައި ފިންގާ ޕްރިންޓް ޖަހާނެ ގޮތާއި އެކަން ބެލޭނެ ގޮތްވެސް ނެތް ކަމަށެވެ. 

"އިލެކްޝަން ކޮމިޝަނުގައި ބަޖެޓެއް ނެތް. އިލެކްޝަން ކޮމިޝަނުގައި ވަސީލަތެއް ނެތް. އާޓިފިޝަލް އިންޓެލިޖަންސް ވެސް ނެތް. ފިންގާޕްރިންޓް ޖަހާނެގޮތެއްވެސް ނެތް. ފިންގާ ޕްރިންޓް ޗެކުކުރަން އދ.އަށް ފޮނުވާއިރު އެތާ ހުންނަވަނީ ޝާހިދު އެވެސް ކުރީގެ ޑީއާރުޕީގެ ބޭފުޅެއް. ދެން ގަބޫލެއްނުވޭ މިހާރު ޑީއާރުޕީގައި މީހުން ތިބި ކަމަކަށް. މީއޭ މި މައްސަލައަކީ." ޖާބިރު މަޖިލީހުގައި މިއަދު ވިދާޅުވި އެވެ.

ޑީއާރުޕީ އުވާލަން އުޅޭ ވާހަކައަށް އިޝާރާތްކޮށް ޖާބިރު ވިދާޅުވީ އެމަނިކުފާނު ޑީއާރުޕީ އާއި ހަވާލުވެލެއްވީރުވެސް ޕާޓީގައި ދަރަނި އެބައޮތް ކަމަށާއި އެކަން ބެލޭނީ ޕާޓީވެސް އޮވެގެން ކަމަށެވެ. 

"ޑީއާރުޕީ އަކީ ރާޢްޖޭގައި ދެވަނަ އަށް އުފަންކުރި ޕާޓީ. އޭރުވެސް ނަހަލާލު ވެރިކަމަކާއެއްކޮށް އޮތީ ޕާޓީ. ޕާޓީ ވަރަށް ހަލާލު ގޮތެއްގައި ރަގަޅު ގޮތުގައި ޕާޓީ އުފަން ކުރީރުވެސް ޒައީމު އޭރުވެސް ހުންނެވީ ސަރުކާރަކާއެކު. 30 އަހަރު އެ ލަގެޖު ކޮނޑުޖަހިއިގެން ހުންނެވީ. އެހެންމަަވެސް އަޅުގަނޑު އޭނާގެ އެ ލަގެޖާ ހަވާލުވާންޖެހުނީ ޑީއާރުޕީން. އެހެންވީމަ ޑިމޮކްރެސީ ގެނައުމަށްތަކައި ޑީއާރުޕީއަކީ ވަރަށް މުހިންމު ޕާޓީއެއް." ޖާބިރު ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ހައްދަވާފައިވާ ޕާޓީއަކީ ޑީއާރުޕީން ވަގަށް ނަގައިގެން އުފައްދާފައިވާ ޕާޓީއެއްކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ. 

"ޑީއާރުޕީ އުވާލުމަކީ ޑިމޮކްރަސީ އުވާލުން. ޑީއާރުޕީން ވަގަށް ނަގާއިގެން އުފައްދާފައިވާ ޕާޓީއެކޭ ޔާމީން އަބުދުލް ގައްޔޫމު އުފައްދައިގެން އެ އުޅެނީ. އެމީހުންނަށް އެކަން އެގެންވާނެ. ޔާމީން އަބުދުލް ގައްޔޫމުގެ ޕާޓީއެއް ނޯންނާނެ." ޖާބިރު ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުން އެހެން ޕާޓީތަކަށް ރަޖިސްޓްރީ ވެފައިވާ މައްސަލައާއި ގުޅިގެން ބަހުސް ކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް