ads
ސަލަފުގެ ބައްދަުލުވުމެއްގެ ތެރެއިން: ފޮޓޯ ޕީއެސްއެމް
ރަސޫލާއަށް ފުރައްސާރަކުރާ ބަޔަކާ ދެކޮޅަށް ނުކުންނާނަން: ސަލަފް
ރަސޫލާއަށް ފުރައްސާރަކުރާ ބަޔަކާ ދެކޮޅަށް ނުކުންނާނެކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.
Advertisement

ސަލަފުން ބުނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރުން ކުށްވެރިކޮށް އިސްލާމީ ޤައުމުތަކާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކާއި ދީނީ އިލްމުވެރިންނާއި ވަކިވަކި އަފުރާދުން ބަޔާންތައް ނެރެ އިންޑިއާ ބޮއިކަޓް ކުރަން ގޮވަމުންދާ މި ދަނޑިވަޅުގައި އިސްލާމީ އުންމަތާއެކު ކީރިތި ރަސޫލާ ގެ ދިފާޢުގައި ދިވެހި ރައްޔިތުން ތިބި ތިބުމުގެ މައްޗަށް ޝުކުރު އަދާކޮށް އެ ޖަމުއިއްޔާއިން ހިތްވަރުދޭކަމަށެވެ.

"ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންގެ ލާދީނީ ރިޕޯޓުގައި ރަސޫލާ ގެ އަބުރުފުޅަށް އަރައިގަތުމުންވެސް ދިވެހި ރައްޔިތުން ނަމޫނާ ދައްކާފައިވޭ" -ސަލަފް-

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރާކަން ފާހަގަކޮށް އެފަދަ ޖަރީމާއެއް ހިންގަން ގަސްދުކޮށްފި ކޮންމެ މީހަކާއި އެ ކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް ކީރިތި ރަސޫލާ ގެ ހައްޤުގައި ތެދުވަންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ތިބުމަށް ދިވެހި ރައްޔިތުންނަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސްކޮށްފައިވެއެވެ

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް