އެ ހޮސްޕިޓަލުން މާދަމާ އަލުން ވެކްސިން ޖަހަން ފަށަނީ 12 ދުވަހަށް މެދު ކަނޑާލުމަށްފަހުއެވެ.
އެ ހޮސްޕިޓަލަކީ އައިޖީއެމްއެޗުން މެނޭޖުކުރާ ހޮސްޕިޓަލެކެވެ.
މުއްދަތުހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައިގައި ވިލިމާލޭ ހޮސްޕިޓަލުން ބަޔަކު ސަސްޕެންޑްކޮށްފައިވާކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.
މި މައްސަލަ އެންމެ ފުރަތަމަ ގިނަބައެއްގެ ސަމާލުކަމަށް ގެނެސްދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.
ޓްވިޓާގައި އުސާމް އާންމު ކުރައްވާފައިވާ ފޮޓޯއިން ފެންނަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް މުއްދަތު ހަމަވާ ވެކްސިން ފުޅިއެކެވެ.
ވިލިމާލޭ ދާއިރާގެ މެންބަރު ތުހުމަތު ކުރައްވަނީ އެ ބޭފުޅާގެ ދާއިރާގެ ކުޑަކުދިންނަށް ވިލިގިލީ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިިން ދިންކަމަށެވެ.