ads
ފަނޑިޔާރު ހުސްނުއް ސުއޫދު
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ސުއޫދު ހަމަޖައްސަވައިފި
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ސްޕްރީމްކޯޓުގެ ފަނޑިޔާރު އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު އައްޔަންކުރައްވައިފި އެވެ.

މި މަގާމަށް ސުއޫދު އައްޔަންކޮށްފައި ވަނީ ކުރިން އެމަގާމުގައި ހުރި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ނައިބު ރައީސްް އަހުމަދު އާމިރު ވަނީ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމަށް އައްޔަން ކުރުމަށް ސުއޫދަށް ދައުވަތު ދެއްވާާ އެ ދައުވަތު ގަބޫލުކުރެއްވީތީ ޝުކުރު އަދާކޮށް ސިޓީއެއް ފޮނުއްވައިފައެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުވުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. 

ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދާފައިވަނީ 2008 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އެ ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެނ ހުއްޓިފައި އޮތުމަށްފަހު އަލުން އެ ޖަމިއްޔާގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް