ads
ވިލިމާލެ ހޮސްޕިޓަލް. ފޮޓޯ: މާޕިއޯ.ނެޓް
މެދުކެނޑުމަށް ފަހު ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ދޭން ފަށައިފި
ވިލިމާލޭ ހޮސްޕިޓަލުން އަލުން ވެކްސިން ޖަހަން ފެށުމަށް ނިންމާފައި ވާކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ޖެހުން ހުއްޓާލީ، އެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލަ ފެންމަތިވުމުންނެވެ. 

ރޭ އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ތުއްތުކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާއި ގުޅިގެން، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، އެކަމުގެ ސަބަބުން އެހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ހޮސްޕިޓަލުގެ ފަރާތުން ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ. 

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވާކަމަށާއި، މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި ފަރާތްތަކާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އަޅާފައި ވާކަމަށެވެ. އަދި މިއަދުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުގެ ދަށުން، ވިލިމާލޭ ހޮސްޕިޓަލުން އަލުން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ. 

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މީގެ ކުރިން ވިދާޅުވީ، މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައިގައި ޝާމިލުވާ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަސްޕެންޑް ކުރީ ކިތައް މުވައްޒަފުން ކަމެއް އަދި ސަސްޕެންޑް ކުރި މުއްދަތު މީޑިއާ އޮފިޝަލް ހާމައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް