ads
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު
ބާ ކައުންސިލްގެ އިންތިހާބު: އިންތިހާބު ކުރާނީ ރައީސް އެކަނި
ދިވެހިރާޢްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސް ހޮވުމަށް ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވިދާޅުވީ އިންތިހާބު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުގައި ކަމަށެވެ. 

މައުމޫން ވިދާޅުވީ މި އިންތިހާބުގައި މިފަހަރު ވޯޓުލާންޖެހެނީ ހަމައެކަނި ރައީސް ހޮވުމަށް ކަމަށެވެ. ބާކީ ތިބި މަގާމުތަކަށް ނަގަނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. 

މައުމޫން ވިދާޅުވީ މި އިންތިހާބުގައި ޖުމްލަ 8 މެންބަރަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިހާބު ކުރުމަށް އިއުލާނުކުރި ކަމަށާއި، ނަމަވެސް މިވަގުތު ކުރިމަތިލާފައިތިއްބެވީ ޖުމްލަ 7 ބޭފުޅަކު ކަމަށެވެ. 

"އަޅުގަނޑުމެން އިންތިހާބުކުރަން ކޮމެޓީގެ އަދަދަށް ހަމައަށް ޖުމްލަ 8 ބޭފުޅުން. އެއީ ކައުންސިލްގެ ރައީސް އާއި ނައިބްރައީސް ވެސް ހިމަނައިގެން، ކޮމެޓީގެ މެންބަރުނާއެކު." މައުމޫން ހަމީދު ވިދާޅުވި އެވެ. 

ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މުހައްމަދު ފައިސް އާއި އިސްމާއީލް ވިޝާމެވެ. 

ނައިބްރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މިޒްނާ އަހުމަދު އެކަންޏެވެ. މީގެ އިތުރުން އެގްޒެކެޓިވް ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ ޖުމްލަ 5 ބޭފުޅުންނެވެ. އެގްޒެކެޓިވް ކޮމެޓީއަށް ހޮވަންޖެހެނީ ޖުމްލަ 6 ބޭފުޅެކެވެ.

ބާ ކައުންސިލްގެ ވޯޓުލުން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ފަހިވޯޓު މެދުވެރިކޮށެވެ. 

ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޔޫޒަރނޭމް އަދި ޕާސްވޯޑް، އަދި ފަހިވޯޓުގެ ލިންކު، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމް.އެސް.ޑީ) އިން އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވޭނެ އެވެ.

ޔޫޒަރނޭމް އަދި ޕާސްވޯޑް ހިމެނޭ އެސް.އެމް.އެސް ފޮނުވާނީ 10 ޖޫން 2022 ވާ ހުކުރު ދުވަހުގެ ހަވީރު 00:18 ގެ ކުރިނެވެ.

ވޯޓުލުމަށްޓަކައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޔޫޒަރނޭމް އަދި ޕާސްވޯޑް ނުލިބޭ ފަރާތްތަކުން ބާ ކައުންސިލުގެ ނަމްބަރު 7399339 މެދުވެރިކޮށް އެންގުމުން ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އާ ގުޅިގެން ބާ ކައުންސިލުން އެކަން ހައްލުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް