ޝިފާގެ މި ޕޯސްޓަށް ފޭސްބްކުގައި ވަނީ 988 މީހަކު ރައްދު ދީފަ އެވެ. އަދި 480 މީހަކު ވަނީ ޝިފާގެ މި ޕޯސްޓް ޝެއާ ކޮށްފައެވެ. މި ޕޯސްޓަށް 2100 އަށް ވުރެ ގިނަ މީހުން ރިއެކްޓް ކޮށްފައިވެ އެވެ.
ޝިފާގެ ޕޯސްޓުގައި ބުނެފައިވަނީ ބަރަހަނާ ވީޑިއޯ އާ ގުޅިގެން ދައުރުވަމުންދާ ވީޑިއޯއަކީ ހަގީގަތެއް ނޫން ކަމަށެވެ.
މި ޕޯސްޓުގައި ވަނީ އެ ވީޑިއޯއަކީ ބަޔަކު ގަސްތުގައި ދުރާލާ ރާވައިގެން އޭނާގެ އަބުރު ވެއްޔާއި މޮޑެލައި މަޝްހޫރުކަމަށް ހިޔަނި އެޅުމަށް ބަޔަކު ކޮށްގެންއުޅޭ ހަގީގަތާއި ހިލާފު ކަމެއް ކަމަށެވެ.
މި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު ގިނަ ބަޔަކު ބުނެފައިވަނީ އެކަމަކީ ޝިފާ ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. އަދި ދައުރުވަމުންދާ މި ވީޑިއޯއަކީ އެޑިޓެއް ނޫން ކަމަށާއި އެއީ ހަގީގަތެއް ކަމަށް ކޮމެންޓް ކުރި ގިނަ މީހުން ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް "ސީއެންއެމް" އަށް މިއަދު ވެސް ވިދާޅުވީ ދައުރުވަމުންދާ ބަރަހަނާ ވީޑިއޯ އާއި ގުޅިގެން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ދައުރުވަމުންދާ މި ވީޑިއޯއަށް އިޝާރާތްކޮށް މީސް މީޑިޔާގައި އެކި ފަރާތްތަކުން ވާހަކަތައް ދައްކަމުންދާއިރު ބައެއް ފަރާތްތަކުން ވަނީ "މުރުތައްދު ދޮގު ނުހަދައި ދެން ވެސް ތައުބާވުމަށް" އެދި ނަސޭހަތްތެރިވެފަ އެވެ.
ދާދި ފަހަކުން ފިލްމީ ދާއިރާގައި ވެސް މަޝްހޫރުކަން ލިބިފައިވާ ޝިފާއަށް މީގެ ކުރިން ވެސް ބުރުގާ އެޅުމަށް ފަހު ބުރުގާ ނަގާފައިވާތީ އާންމުންގެ ފާޑުކިއުންތައް ލިބިފައިވާކަން ފާހަގަކުރެވެ އެވެ.