ads
ސަލްމާން ހާން——
ނުރައްކާތެރި ގޭންގް ސްޓާރެއް ސަލްމާނަށް ހަމަލާދޭން މަސައްކަތް ކުރާތާ 23 އަހަރު!؟
މިދިޔަ ހޯމަ ދުވަހު މުޅި އިންޑިއާއި ދުނިޔެ ސިއްސުވާލީ ނުރައްކާތެރި ގޭންގަކުން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާން އަށް ދިން ބިރުވެރި އިންޒާރުންވެ.

އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިއާ މޫސޭ ވާލާ މަރާލި ގޭންގުން، ސަލްމާން ހާން އަށް ދިން އިންޒާރާ ގުޅިގެން އިންޑިއާ ފުލުހުން އޭނާގެ ގެއަށް ގޮސް އެ މައްސަލަ ވަނީ ބަލަން ފަށާފައެވެ. 

މި މައްސަލައިގައި ސަލްމާން ހާން ބުނެފައިވަނީ "އެއްވެސް މީހަކާ އޭނާ މައްސަލަ ޖެހިފައި ނޯންނާނެ" ކަމަށެވެ. 

ނުރައްކާތެރި ގޭންގުން ސަލްމާން ހާނަށް ދިން އިޒާރާ ގުޅޭގޮތުން އޭނާ މިއަދު ވަނީ ވާހަކަ ދައްކާފައެވެ.

"ސިޓީ ލިބުނީ އަޅުގަނޑުގެ ބައްޕަ ހެނދުނު ހިނގަން ނުކުމެ އުޅެނިކޮށް. އެއްވެސް ކޯލެއްވެސް އަޅުގަނޑަކަށް ނާދޭ. އެއްވެސް މީހަކާ މިފަހުގެ ތާރީހެއްގައި އަޅުގަނޑު މައްސަލައެއް ނުޖެހެން،" މިއަދު ސަލްމާން ހާން ބުންޏެވެ.

މި މައްސަލަ މިހާރު ވަނީ އިންޑިއާ ފުލުހުން ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަންފަށާފައެވެ.

ސަލަމާން ހާންގެ ބައްޕަ އަތަށް ދިން ސިޓީގައި ބުނެފައިވަނީ "ދެވަނަ މޫސޭވާލާއަށް ދެން ވާނީ ސަލްމާން ހާން" ކަމަށެވެ.

އިންޒާރުގެ ސަބަބުން ސަލްމާން ދިރިއުޅޭ ސަރަަހައްދުގެ ސެކިއުރިޓީވެސް އިންޑިއާ ފުލުހުން ވަނީ ވަރުގަދަކޮށްފައެވެ.

މޫސޭ ވާލާ މަރާލާފައިވަނީ ކެނެޑާއަށް ނިސްބަޔްވާ " ގޯލްޑީ ބްރާރް" ނަމަކަށް ކިޔާ ގޭންގަކުން ވަނީ ޒިންމާ އުފުލާފައެވެ. އޭނާ މަރަލާފައިނީ އޭނާގެ ޖިޕުގައި ދުއްވާފައި ދަނިކޮށް ބަޑި ޖަހައިގެންނެވެ. ސަލްމާން ހާން ފަހަތުން ޒަމާނުއްސުރެ ފާރަލަމުން އަންނަ އިންޑިއާގެ ގޭންގަކާއި މޫސޭ ވާލާ މަރާލި މީހުންނާ ވެސް ގުޅުމެއް އޮތްކަމަށް އިންޑިއާ ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.  

ސަލްމާން ހާން އަށް ހަމަލާ ދޭން ބޭނުންވަނީ ކާކު؟

ރިޕޯޓުތައް ބުނާގޮތުން ސަލްމާން ހާންއަށް އަށް އިންޒާރު ދީފައިވަނީ އޭނާ 1998 ވަނަ އަހަރު "ހަމް ސާތް ސާތް ހޭ" ކުޅުނުއިރު އިންޑިއާގެ ބައެއް މީހުން މާތް އެއްޗެއްގެ ގޮތުގައި ބަލާފައިވާ "ބްލެކްބަގް" ދެ ފުއްލާ ޝިކާރަކުރި މައްސައިގައި އޭރުވެސް ސަލްމާން ހާން މަރައިލަން މަސައްކަތްކުރި ލޯރެންޝް ބިޝޯނީ ކިޔާ އިންޑިއާގެ ޑޮން އެކެވެ. 

ސިދޫ މޫސޭވާލާ މަރާލުމުގައިވެސް މިހާރު ތުހުމަތު ކުރެވެނީ ލޯރެންޝް ބިޝޯނީ އަށެވެ. އޭނާގެ ގޭންގުގައި 700 އަށްވުރެ ގިނަ މެންބަރުން އުޅޭއިރު، އެ ގޭންގުގެ ބާރު، ދިއްލީ، ހިމާޗަލްޕަރްދޭސް، ހަރިއާނާ، ޕަންޖާބް އަދި ރާޖެސްތާނާއި ހަމައަށް ވެސް އޮވެއެވެ. 

your imageލޮއުރެންސް ބިޝޯނީ

އޭނާވަނީ މީގެ ކުރިން ވެސް ސަލްމާން ހާން މަރައިލުމަށް ރޭވުމެއް ރާވާފައެވެ. އޭނާ މިހާރުވެސް ހުރީ ސިދޫ މޫސޭ ވާލާ މަރާލި ގޭންގަށް ހަތިޔާރު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ތަހުގީގަށް ބަންދުކޮށްފައެވެ.

އިންޑިއާ ފުލުހުން އަންނަނީ ސަލްމާން ދިރިއުޅޭ ގެ ކައިރީގައި ފޯރި ވެސް މަރަމުންނެވެ، އަދި އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޫޖެތައް ވެސް ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް