ads
މީހަކު ދުވަނީ.....
ކަސްރަތު ކުރާ ފުރަތަމަ ދުވަސްކޮޅު ބަރުވާހެން ހީވޭތަ؟
މި ހިއްސާ ކޮއްލާ ކަމަކީ ހުދު އަޅުގަނޑުވެސް ކަންބޮޑުވި ކަމަކަށް ވުމުން ކުޑަ ދިރާސާއެއް ކޮއްލާ ބަލާމުން އިނގިގެން ދިޔައީ މިކަމަކީ އަޅުގަނޑު ނޫނަސް އެތައްބައެއްގެވެސް ކަންބޮޑުވުމެއްކަމެވެ. އެހެން ކަމުން ކުޑަ ދިރާސާއެއްކޮއްލާ މިކަމަކީ ކިހިނެއްވާ ކަމެއްތޯ ބަލާހޯދާލީމއެވެ.

ކަންކަސްރަތުކޮށް ދުވަން ދިއުންމީ ގިނަ ބަޔަކު ބަރުދަން ލުއިކުރުމަށް ކުރާކަމެކެވެ. އެގޮތުން ގިނަބަޔަކު ކުރާ ޝަކުވާއަކީ "ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް ތިމައްނަވަނީ ބަރު" މި ޝަކުވާއެވެ. 

ދިރާސާތަކުން ދައްކާގޮތުގައި ބަރުދަން ލުއިކުރުމަށް ކަސްރަތު ކުރަންފަށާ ގިނަ މީހުން އެންމެ ފުރަތަމަ ވަނީ ބަރެއެވެ.  ކޮންމެ ކަމެއްވެސް ކުރަން ފަށާއިރު އޭގެ އެދެވޭ ނަތީޖާ ފެއްނާނީ ދުވަސްކޮޅެއް ފަހުއްނެއެވެ. އެހެންކަމުން ކަމެސް ހާސިލްކުރަން ބޭނުން ނަމަ ކުޑަ ހިއްވަރެއްކޮށް ކެއްތެރިވުން މުހިންމެއެވެ.

އަދި މީގެ އިތުރުން މި ގޮތަށް ކަސްރަތު ކުރަން ފެށުމުން ބަރުވާ މީހުން ބަރުވުމަށް ފަހު ހިއްކާލާލެއް އަވަސް ކަމަށް ދިރާސާތަކުން ދައްކައެވެ. ކަސްރަތު ކުރަން ފެށުމުން ބަރުވުމުން ދެރަވާނެ ކަމެއްނެތެެވެ. އުފާކުރާށެވެ. 

އެއީ އަވަހަށް ހިކޭނެ ކަމުގެ އަލާމާތެެވެ. 

ކުރިންވެސް ފާހަގަ ކުރިހެން ބޭނުންވަނީ ކުޑަ ހިއްވަރަކާ ކެއްތެރިކަމެެވެ. ކޮންމެ ކަމެއްވެސް އޭގެ އެންމެ އެދެވޭ ގޮތުގައ ކޮއްފިނަމަ ނަތީޖާ ފެއްނަލެއްވެސް އަވަސްވާނެއެވެ

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް