ads
ޖީއެމްއާރަށް އެއާޕޯޓް ވިއްކާލަނީކަމަށްބުނެ ކުރިން ކޮށްފައިވާ މުޒާހަރާގެ ހަރަކާތުގެ ތެރެއިން... ފޮޓޯ ސަން
ޖީއެމްއާރަށް އެއަޕޯޓް ދިންނަމަ ގައުމަށް ބޮޑު ތަނުން ފައިދާވިސް: ރައީސް
ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ތަރައްގީކުރުމަށް ވެފައިވާ އެއްބަސް ވުމަކީ ވަރަށް ބޭނުންތެރި އެއްބަސްވުމެއްކަމަށާއި، އެއްބަސްވުން ކުރިއަށްގެންދިޔަނަމަ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލުމުން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެފައިވާ ކަމަށެވެ. 

ރައީސް ފާހަގަކުރެއްވީ އެެއްބަސްވުން ދެމެހެއްޓިނަމަ 2015 ވަނަ އަހަރުންފެށިގެން އަހަރަކު ހަތް މިލިއަން ފަތުރުވެރިންނަށް އާދެވޭވަރުގެ ޓާމިނަލްއެއް އޮންނާނެ ކަމަށެވެ. 

"އެކަން ހުއްޓާލި ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފާނެ 2015 ވަނަ އަހަރު އެހެން ނޫންނަމަ އެތާ އޮންނާނީ ހަތް މިލިއަން ޓުއަރިސްޓުންނަށް އަހަރަކު އާދެވޭވަރުގެ އެއާޕޯޓެއް ތަރައްގީކުރެވިފަ."

ރައީސް ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް ޓާމިނަލް އެޅުމަށް 357 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ކުރިން އޮތް ކަމަށާއި، ނަމަވެސް އެއީ އެންމެ ރަގަޅު ޑްރާފްޓެއް ކަމުގައި ނުވާތީ ސައުދީ ސައުދީ ފަންޑުން އިތުރު 104 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. 

"ސައުދީ ބިންލާދިން ގްރޫޕަށް އޮތީ މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުން. އެގްރިމެންޓެއް އޮތް ސޮއިކުރެވިފަ 357 މިލިއަން ޑޮލަރުގެ. އެކަމަކު އެއަދަދަކީ ޓާމިނަލް އަޅަން ބޭނުންވާ އަދަދަށްވުރެ މަދު އަދަދަކަށްވާތީ އަލުން ވާހަކަ ދައްކައިގެން ސައުދީ ފަންޑުން އިތުރު 104 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއުގެ ތެރެއިން އިތުރު ރަންވޭއެއް އެޅުމާއި ޓާމިނަލް ބޮޑުކުރުމާއި، ސީޕްލޭން ޓާމިނަލް ބޮޑުކުރުން ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން މިހާރު ކުރިއަށްގޮސް ނިމުމަކާހަމައަށް ރަންވޭގެ މަސައްކަތް ގޮސްފައިވާ ކަމަށެވެ.

އެއާޕޯޓުގެ މަޝްރޫއުގެ ތެރެއިން އިތުރު ރަންވޭއެއް އެޅުމާއި ޓާމިނަލް ބޮޑުކުރުމާއި، ސީޕްލޭން ޓާމިނަލް ބޮޑުކުރުން ހިމެނޭ. އޭގެ ތެރެއިން މިހާރު ކުރިއަށޤގޮސް ނިމުމަކާހަމައަށް ގޮއސަ އޮތީ ރަންވޭގެ މަސައްކަތް ކަމަށެވެ.  

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް