ads
ފުވައްމުލަކު ހޮސްޕިޓަލް
ބަނޑުގައި ރިއްސާތީ ދިނީ ޕެނަޑޯލް، ވިހެއި އިރު ކުއްޖާ މަރު!
ފުވައްމުލަކު ހޮސްޕިޓަލަށް ގެނައި މާބަނޑު އަންހެނަކަށް އެކަށީގެންވާ ފަރުވާ ނުދެވުމުން ކުއްޖާ މަރުވި މައްސަލަ އެއް ފެންމަތި ވެއްޖެ އެވެ.
Advertisement

ކުއްޖާގެ މަންމަ އާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ބުނެފައިވަނީ، ބަނޑުގައި ރިއްސައިގެން ފުވައްމުލަކު ހޮސްޕިޓަލަށް ދެއްކީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށާއި، އެހެން ނަމަވެސް ހޮސްޕިޓަލަށް ދެއްކުމުން ހޮސްޕިޓަލުގައި ހުރި އަންހެނުންގެ ހާއްސަ ޑޮކްޓަރު ހުރި އެ ޑޮކްޓަރު އޭނާ އަށް ފަރުވާ ނުދިން ކަމަށެވެ. 

އޭނާއަށް ފަރުވާ ދިނީ ހޮސްޕިޓަލުގައި ހުރި އާއްމު ބަލިތަކުގެ ޑޮކްޓަރު ކަމަށާއި، ފަސް ވަނަ ދުވަހު ޑޮކްޓަރު ބެލުމަށްފަހު ހަ ވަނަ ދުވަހުގެ ހެނދުނު ޑޮކްޓަރަށް ދެއްކުމަށް ބުނި ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ. އަދި ހަ ވަނަ ދުވަހު ގައިނީ ޑޮކްޓަރަށް ދެއްކުމުން ސްކޭން ހެދުމަށްފަހު އެއްވެސް މައްސަލައެއް ނެތް ކަމަށްބުނެ، "ޕެނަޑޯލް" ދިނުމަށްފަހު ދޫކޮށްލީ ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ. 

އަންހެން މީހާ އާއި ހަވާލާދީ އިތުރަށް އެ ނޫހުގައި ބުނެފައިވަނީ، ހާލަތު ރަނގަޅު ނުވުމުން ޖެހިގެން އައި ދުވަހުން ފެށިގެން އޮތީ ހޮސްޕިޓަލުގައި ކަމަށާއި، ވިއްސަން ވެއްދުމަށްފަހު އަންހެން މީހާ އަށް ތަދުއަރާ އިރަށް ޑޮކްޓަރު އަށް ކޮއްޕާލާ ކަމަށާއި، އެހެން ޑޮކްޓަރު ހަދަމުން ދަނިކޮށް ފެން ދުލި ފަޅައިގެން ދިޔައީ ކަމަށް ވަނީ ބުނެފަ އެވެ. 

"އޯޕަން ވޭތޯ ބަލަން ޑޮކްޓަރު ހަދާ ގޮތަކީ ތަދުއަރާ ކޮންމެ ފަހަރަކު، އަތް ކޮއްޕާލަނީ. އެހެން ތިން ވަނަ ފަހަރު ހަދަނިކޮށް ފެން ދުލި ދިޔައީ ފަޅައިގެން." އަންހެން މީހާ ބުންޏެވެ.

މީގެ އިތުރުން އަންހެން މީހާ ބުނީ، ފެން ދުލި ފަޅައިގެން ދިއުމުން އޭނާ ފޮނުވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ކަމަށާއި، އެ ހޮސްޕިޓަލަށް ގެންގޮސް ކުއްޖާ ވިއްސިތަނުން ރޭ 20:40 ހާއިރު ކުއްޖާ މަރުވެފައި ވާކަމަށެވެ. ކުއްޖާ ވިހެއި އިރު ކުއްޖާގައި ހުރީ އެންމެ ވިންދެއް ކަމަށްވެސް އަންހެން މީހާ ވަނީ ބުނެފަ އެވެ. އަދި ކުއްޖާ މަރުވީ، ފުވައްމުލަކު ހޮސްޕިޓަލުން ކަންކަން ކުރި ގޮތުން ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބެލި ޑޮކްޓަރުން ބުނި ކަމަށް އަންހެން މީހާ އާއި ހަވާލާދީ ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް އެ ހޮސްޕިޓަލަށް ގުޅުމުންވެސް އެ ހޮސްޕިޓަލުން ފޯނަށް ޖަވާބު ދީފައި ނުވާތީ، އެ ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް