ads
މިއަދު އޮތް ރަސްމިޔާތުގެ ތެރެއިން
ޒުވާނުންގެ ހިންގުމުގެ ހުނަރުތައް ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމު ފަށައިފި
"ވައި-ޕިއަ ޓްރެއިނިން އޮފް ޓްރެއިނަޒް ޕުރޮގުރާމު" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ފަށްޓަވައިދެއްވައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) ގުޅިގެން މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ވައި-ޕިއަ ޤާއިމުކުރުމަށާއި ވައި-ޕިއަގެ ސަރަހައްދީ މެންބަރަކަށް ހެދުމަށެވެ. މާލެ ސަރަހައްދާއި އަދި ހަތަރު އަތޮޅެއްގެ ނުވަ ރަށެއްގެ އުމުރުން 18 އަހަރާއި 30 އަހަރާ ދެމުގެ ޖުމްލަ 31 ޒުވާނުން މި ތަމްރީނު ޕުރޮގުރާމުގައި ބައިވެރިވެއެވެ. މި ޕުރޮގުރާމު ކުރިޔަށްގެންދަނީ 10 ދުވަހުގެ މުއްދަތަށެވެ.

ސޯސަލް ސެންޓަރު ސެމިނަ ހޯލްގައި މިއަދު ފެށި މި ޕުރޮގުރާމަކީ ޒުވާނުން ބާރުވެރިކޮށް، އެމީހުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންގެ ކިބައިގައި ހިންގުމުގެ ހުނަރުތައް އަށަގެންނެވުމަށް ހިންގޭ ޕުރޮގުރާމެކެވެ. ވައި-ޕިއަ އަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ 2000 އަށްވުރެ ގިނަ ޖަމާއާތަކާއި ސަރުކާރުގެ އިދާރާތަކުގެ ޖުމްލަ 3300 ހަރަކާތްތެރި މެންބަރުން ހިމެނޭ ވިއުގައެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ޕުރޮގުރާމުން ބައިވެރިންނަށް ދަސްވާ ކަންތައްތަކުގެ ބޭނުން ހިފައިގެން މުޖުތަމައަށް އޭގެ ހެޔޮ ބަދަލުތައް ގެނެސްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. ހަމަ އެހެންމެ، މި ބައިވެރިންނަށް އެމީހުންގެ އެކުވެރި އެހެން ޒުވާނުން ކުށުގެ މާހައުލަށް ވަނުން ހުއްޓުވުމުގެ ގޮތުން މަގުދައްކައިދީ އެހީތެރިވުންފަދަ މުހިންމު ދައުރުތައް އަދާކުރެވިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް