ads
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ
ޗެތްރީގެ ލަނޑުތަކުން އިންޑިޔާ ފެށީ މޮޅަކުން
އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ޖެހި ދެ ލަނޑާއެކު، ފަހު ބުރު އިންޑިޔާއިން މޮޅަކާއެކު ފަށައިފިއެވެ.

އިންޑިޔާ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅެނީ ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ. ރޭ އިންޑިޔާވަނީ ދެ ލަނޑު ސުން ލަނޑުން ކެމްބޯޑިއާގެ މައްޗަށް ކުރި ހޯދައި މޮޅަކުން ފަހުބުރުގެ މެޗުތައް ފަށާފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އިއްޔެ ހަވީރު އަފްޣާނިސްތާންވަނީ ހޮންކޮންގ އަތުން ދެ ލަނޑު އެއް ލަނޑުން ބަލިވެފައެވެ. 

މި ގްރޫޕުގައި ހޮނިހިރު ދުވަހުގެ ރޭ އިންޑިޔާއާ އަފްޣާނިސްތާނު ކުޅޭ މެޗު އޮންނާނެއެވެ. ފުރަތަމަ މެޗުގައި އިންޑިޔާއިން ޖެހި ދެ ލަނޑުވެސް ޖެހީ ކެޕްޓަން ސުނިލް ޗެތްރީއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް