ads
އަނިޔާވި އަހުމަދު ހާޝިމް
ނުރައްކާތެރި އެކްސިޑެންޓެއްވެ، ކުރީގެ ކައުންސިލަރު ހާޝިމް އަށް އައިސީޔޫގައި ފަރުވާ ދެނީ
ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަދި ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ ރައީސް، އަހުމަދު ހާޝިމް (ޓިންޓިން) އަށް ބޮޑެތި އަނިޔާތަކެއްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާޝިމް އަށް އަނިޔާވީ، ރޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕޮލިސް ޓޯޔާޑް ކުރިމަތީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އޭނާ އަށް އަނިޔާވީ، މަގު ހުރަސްކުރުމަށް މަސައްކަތް ކުރަނިކޮށް ދުއްވާފައި އައި ސައިކަލަކުން ޖެހިގެން ކަމަށް މަންޒަރުދުށް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

your imageއަހުމަދު ހާޝިމް އަށް ފަރުވާ ދިނުމަށް ގެނެވިފައި 

ހާޝިމް އަށް އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ގެންދިޔައީ، ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އެހެން ނަމަވެސް އޮޕަރޭޝަނެއް ކުރަން ޖެހުމުން ރޭގެ ވަގުތެއްގައި ހާޝިމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

އޭޑީކޭ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ހާޝިމްގެ ހާލު ސީރިއަސް ކަމަށާއި، އަނިޔާތައް ލިބިފައިވަނީ ބޮލަށް ކަމަށެވެ. 

މި ހާދިސާއާއި ގުޅިގެން ފުލުހުން "ސީއެންއެމް" އަށް ބުނީ، ހިނގާފައި ދިޔަ މީހެއްގެ ގައިގާ ސައިކަލަކުން ޖެހިގެން އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭގެ 20:23 ހާއިރު ކަމަށާއި، އޭނާއަށް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށެވެ. 

އުމުރުން 47 އަހަރުގެ ހާޝިމުގެ ގައިގާ ޖެހުނު ސައިކަލު ދުއްވަން އިނީ ސައިކަލު ދުއްވުމުގެ ލައިސެންސްވެސް އޮތް މީހެއްކަމަށް ފުލުހުން ބުންޏެވެ. އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް