ads
ޕަބްޖީ ކުޅެން ހުއްދަ ނުދިނުމުން މަންމަ މަރާލި ކުއްޖަކު ހައްޔަރު ކޮށްފި
ޕަބްޖީ ކުޅެން ހުއްދަ ނުދިނުމުން މަންމަ މަރާލި ކުއްޖަކު ހައްޔަރު ކޮށްފި
ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވީޑިއޯ ގޭމް ޕަބްޖީ ކުޅުމަށް ހުއްދަ ނުދިނުމުން މަންމަ މަރާލި އުމުރުން 16 އަހަރުގެ ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
Advertisement

އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ލަކްނައުގެ ފުލުހުން އެގައުމުގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނީ، 51 އަހަރުގެ މަންމަ މަރާލި މައްސަލަ އަކާއި ގުޅިގެން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ހައްޔަރު ކޮށްފައި ވާކަމަށެވެ. އަދި އެކުއްޖާ މަންމަ މަރާލީ ކުއްޖާގެ އެކުވެރިންނާއި އެކު ގޭމު ކުޅެން ހުއްދަ ނުދިނުމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އެ ކުއްޖާ މަންމަ ގަޔަށް ކުއްޖާގެ ބައްޕަ ގެންގުޅޭ ފިސްތޯލުން ބަޑި ޖެހީ، މިދިޔަ އަންގާރަ ދުވަހު ކަމަށާއި، ބަޑިޖަހާ މަންމަ ޒަހަމް ކޮށްލުމަށްފަހު އެެ ގޭގައި ހުރި ފަޅު ކޮޓަރިއެއްގެ ތެރެއަށް މަންމަ ލާ ބަންދު ކުރީ ކަމަށެވެ. އަދި ކޮންމެ ތިން ދުވަސް ވަންދެން މަންމަ ބަންދު ކޮށްފައި ހުރި ކޮޓަރިއަށް އެކުއްޖާ ވަދެ މަންމަގެ ހާލު ބަލަމުން ދިޔަ ކަމަށް ފުލުހުންނަށް ކުއްޖާ ދިން ބަޔާނުގައި ބުނިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

"ކުއްޖާގެ ބައްޕަ އޮފީސް ދަތުރެއްގަ ރަށުން ބޭރަށް ދިޔަ ދުވަސްކޮޅު މިކަން ހިނގީ. ކުއްޖާގެ މަންމަ ގެ ގަޔަށް ބަޑިޖަހާ ޒަހަމްކުރުމަށްފަހު އެ ގޭގައި ހުރި ކޮޓަރިއެއްގެ ތެރޭ ބޭއްވީ. މި މައްސަލަ ފުލުހަށް ހުށަހެޅީ އެކުއްޖާގެ ބައްޕަ އެނބުރި ރަށަށް އައިސް ކުއްޖާގެ މަންމަ ނުފެނުމުން ގޭތެރެ ހޯދަމުން ދަނިކޮށް މަރުވެފައި އޮތްވާ ފެނުމުން." ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ކުއްޖާގެ މަންމަގެ ގަޔަށް ބަޑިޖެހުތާ ތިން ވަނަ އަށް ވީ ދުވަހުވެސް ކުއްޖާގެ މަންމަގެ ވިންދު ހުރިކަމަށް ކުއްޖާ ބުނި ކަމަށެވެ. އަދި އެކަން ކަމާއި ގުޅޭ އިދާރާތަކަށް ކުރިން އެންގިނަމަ އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އެކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މަންމަ ގަޔަށް ބަޑިޖެހުމަށްފަހު އެ ގެއަށް އެކުވެރިން ގެނެސް ތިން ދުވަސް ވަންދެން ޕަބްޖީ ކުޅެން ތިބި ކަމަށެވެ. އަދި މަންމަ ގަޔަށް ބަޑިޖެހީ މަރާލުމަށް ނޫން ކަމަށާއި، ގޭމު ކުޅެން ހުއްދަ ނުދިނުމުން އައި ރުޅިން ކަމަށް ކުއްޖާ ދިން ބަޔާނުގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް