ads
ދަތްއަޅާ އިނގިލި ބުރިކޮށްލި އަންހެންމީހާގެ ކުރީގެ ފިރިމީހާ އަލީ ހަސަން
އަންހެނެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހާ އަލުން ހައްޔަރުކުރަން އެދިއްޖެ
ގއ. ވިލިގިލީގައި އަންހެނެއްގެ އިނގިލި ބުރިކޮށްލި މީހާގެ މައްޗަށް ފަސް ދައުވާއެއް ކުރަން ހުށަހަޅާ، އަލުން ހައްޔަރުކޮށްދިނުމަށް އެދިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެ އެވެ.

ގއ. ވިލިނގިލީގައި ހިނގި ހަމަނުޖެހުމެއް ތެރެއިން އަންހެނެއްގެ އިނގިލީގައި ދަތް އަޅާ ބުރިކޮށްލި އުމުރުން 35 އަހަރުގެ އަލީ ހަސަން ހައްޔަރު ކުރުމަށްފަހު މިފަހުން ވަނީ ދޫކޮށްލާފަ އެވެ.

އަލީ ހަސަން ވަނީ އޭނާގެ ކުރީގެ އަނބިމީހާގެ ކޮއްކޮގެ އިނގިލީގައި ދަތް އަޅާ ބުރިކޮށްލާފައެވެ. އަދި އިތުރު ތިން މީހަކަށްވެސް އަލީ ހަސަން ވަނީ އެކިވަރުގެ އަނިޔާތައް ކޮށްފައެވެ. އެގޮތުން އިތުރު އަންހެނެއްގެ މުލަށްދަނޑީގައި އޭނާ ވަނީ ދަތް އަޅާފައެވެ. އަދި އުމުރުން 60 އަހަރުގެ އަންހެނެއްގެ އިނގިލި ބިނދިފައި ވާއިރު، 74 އަހަރުގެ ފިރިހެނެއްގެ ވަނީ ފަޅާލާފައެވެ.  

"ސީއެންއެމް"އަށް މައުލޫމާތުދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީއު މިއަދު ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި އަލީ ހަސަން ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި 150 ދުވަހަށް ޖަލަށް ލުމަށް ކޯޓުން އަމުރުކުރި ކަމަށާއި، ނަމަވެސް ފަހުން ލުއި ދިނުމުގެ ގޮތުން 15 ދުވަސް ފަހުން އެމީހާ ދޫކޮށްލުމަށް ވިލިގިލީ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. 

ނަމަވެސް އޭނާ އަލުން ހައްޔަރުކޮށްދިނުމަށް އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާ ޝަރީއަތް ނިމެންދެން ބަނދުގައި ބަހައްޓަން މި މަހުގެ ހަތް ވަނަ ދުވަހު ވިލިގިލީ ކޯޓުގައި އެދިފަ އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް މިހާރު ވަނީ އަންނަ ހޯމަ ދުވަހަށް ތާވާލުކޮށްފަ އެވެ.

އަލީ ހަސަން ގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ

  1. އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
  2. ގައިގާ އަތްލުމުގެ ކުށުގެ ދައުވާ.
  3. އަނިޔާއެއް ދިނުމުގެ ކުށުގެ ދެ ދައުވާ

  4. އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ މާރާމާރީ ހިންގުމަށްފަހު މިސްކިތުގައި އިންދަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް