ads
ހައިސްޕީޑު ފެރީތައް
މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗުން ގުޅައިލާ "ރާއްޖެ ޓްރާންސްޕޯޓު ލިންކް" ހިދުމަތް ފަށައިފި
ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓު ލިންކު”ގެ ހިދުމަތް ހއ. އިން ށ. އަތޮޅަށް މިއަދު ފަށައިފި އެވެ.
Advertisement

ފުރަތަމަ ފިޔަވަހީގެ ދަށުން އާރްްޓީއެލް ހިދުމަތް ފުރަތަމަ މިއަދު ފަށާފައިވަނީ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށެވެ.

މި ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ހިދުމަތަައް ރައްޔިތުން އަހުލުވެރިކުރެވުމަށް މެއި ދެވަނަ ދުވަހުން ފެށިގެން އެ ހިދުމަތް މުޅިން ހިލޭ ދެމުންދިޔަ ނަމަވެސް މިއަދުން ފެށިގެން އެ ހިދުމަތް ދެމުންދާނީ ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެންނެވެ.

ޓިކެޓް ނަގަން ފެށިނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރެޖިސްޓަރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވެ އެވެ. 

ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބެއް ގެނުވާނެ މި ފެރީ ނިޒާމުގެ އެންމެ މުހިއްމު އެއް ސިފައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާފޭބުމަށާއި ދަތުރުކުރުމަ ފަސޭހަ އިންތިޒާމްތަކެއް މިފެރީތަކުގައި ހަމަޖެހިފައިވުމެވެ. 

އެގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކިތަނެެެއް ހާއްސަކުރެވިފަ ހުރެއެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ވެސް ހަރު ކުރެވިފަ އެވެ. 

މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައި ވަނީ މިފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށެވެ. ފެރީގައި ފާހާނަކުރެވެން ހުންނައިރު، ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ހާއްސަ ކުރެވިފައި ހުރެއެވެ. އަދި ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވެ އެވެ.

ހަފްތާއަކު ހަތް ދުވަހު ދަތުރުކުރާ މި ހައިސްޕީޑު ފެރީތަކުން ޓިކެޓް ނެގޭނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕުންނެވެ. 

އާރްޓީއެލް ޓްރެވަލް އެޕް ގޫގަލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މިއަދު ރަސްމީކޮށް ހިދުމަތްފެށި އަތޮޅުތަކަށް ދަތުރުކުރާ ފެރީތަކުގެ އެއްކޮޅު ޓިކެޓްގެ އަގު އުޅޭނީ 35 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގަ އެވެ. އަދި ރިޓާން ޓިކެޓެއްގެ އަގު އުޅެނީ 65 ރުފިޔާއިން ފެށިގެން 200 ރުފިޔާ އާ ދެމެދުގަ އެވެ.

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް