އެމެރިކާގައި ތަކެތީގެ އަގު މިހާރު އުފުލިފައިވަނީ 1970 ގެ ފަހުން މިއީ އެންމެ މައްޗަށް އުފުލުނު އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާ ބޮޑަށް އަގު އުފުލުނީ ޑީސަލުގެ އަގަށް އައި ބަދަލުންކަމަށް ވެސް ސީއެންއެން ގައި ރިޕޯޓުކޮށްފައިވެއެވެ.
މިގޮތުން ބިހުގެ އަގު 32.2 އިންސައްތަ އުފުލިފައިވާއިރު، މަހުގެ އަގު ވަނީ 14 އިންސައްތަ އުފުލިފައެވެ. ގޮދަނުގެ އަގު އުފުލިފައިވަނީ 11.8 އިންސައްތަ އަށެވެ.
އެމެރިކާގެ އިގްތިސާދުގައި އަގުތައް ހަމަމަގަށް އެޅުވުމަށް ފެޑްރަލް ރިޒާވުން ވަނީ ސަބްސިޑައިޒް ކުރުމުގެ މަަސައްކަތް ވެސް ފަށާފައެވެ. ނަމަވެސް އަގުތައް ދަށްވުމަށް ވަގުތުނަގާނެކަމަށް އެ ރިޒާވުން ބުނެއެވެ.