ads
އަލީ ރަމީޒް: --
އަލީ ރަމީޒުގެ އިވެންޓަށް ހުރަސް އެޅީ ސިޔާސީ ނިޔަތެއްގައި: ކައުންސިލް މެމްބަރު
ޖަމިއްޔަތުއް ސަލަފުން އިންތިޒާމްކޮށްގެން އަލީރަމީޒާއި ސުވަލުކުރެވޭގޮތަށް ބޭއްވި އިވެއްންޓަކަށް ހުރަސް އެޅުމުން ފަތެސްމާތޮޑާ ކައުންސިލްގެ މެންބަރެއް ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފިއެވެ.

މި މައްސަލައިގައި ވާހަކަ ދައްކަމުން ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިއަދު ސީއެންއެމްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަލަފްގެ އިވެންޓު ބޭއްވުމަށް ހޯލު ހޯދަން އެރަށު ސްކޫލުގައި އެދުމުން އެ އިވެންޓަކީ ސްކޫލްގެ އެކްޓީވިޓީގައި ނުހިމެނޭ އިވެންޓެއް ކަމަށް ބުނުމަށްފަހު "އިޖްތިމާއީ" ކަމެއްގެ ގޮތުން ސްކޫލް ހޯލު ދޫކުރެވިދާނެކަމަށް ސްކޫލުން އެންމެ ފުރަތަމަ ބުނިކަމަށެވެ. 

އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ދައުވަތު ކާޑުތައް ވެސް ޕްރިންޓުކުރި ފަހުން، ސްކޫލު ހޯލް ދޫކުރެވެން ނެތްކަން ސްކޫލުން ކައުންސިލަށް އަންގާފައިވާކަމަށް އޭނާ ބުންޏެވެ.

"ދައުވަތު ކާޑުތައް ޕްރިންޓު ވެސް ކުރި ފަހުން ހޯލް ނުލިބޭނެކަމަށް ބުނުމުން ދަތިތަކާ ދިމާވި، މިއީ (ސްކޫލް ހޯލު ނުދިނުމަކީ) ސިޔާސީ ނިޔަތެއްގަ ކުރިކަމެއް" ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ސްކޫލް ހޯލް ނުލިބުނު ނަމަވެސް، އެ އިވްނެޓު ފަހުން ވަނީ ކައުންސިލް ހޯލުގައި ބާއްވާފައެވެ. އަދި ގިނަ ބައެއްގެ ތަރުހީބު އެ އިވެންޓަށް ލިބުނުކަމަށް ވެސް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ޖަމިއްޔަތުއް ސަަލަފުން ވަނީ އަންނަ ހުކުރު ދުވަހު މަލޭ ކާނިވާ ސަރަހައްދުގައި ވެސް ސަލަފުގެ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޖަމިއްޔަތުއް ސަލަފުގެ ފަރާތުން ވާހަކަ ދައްކަވަމުން ޝޭހް މުޖްތަބާ މިއަދު ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް