ads
ހިސާން އަދި ރިއްފަތު
ހިސާން އާއި އޭޖީ، ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ އާ ބައްދަލު ކުރި ވާހަކަ ދޮގުކޮށްފި
ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަދި އެޓާނީ ޖެނަރަލް(އޭޖީ) އިބްރާހިމް ރިއްްފަތު، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް ޔާމީންގެ މައްސަލަތައް ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލާއި، ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަ އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

މިވަގުތު ވެސް ކޯޓުގައި ޔާމީންގެ މައްސަލަތަކެއް ހިނގަމުންދާއިރު، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަތަކުގެ ޝަރީއަތް ބަލަހައްޓަވަމުންދަނީ އިސް ގާޒީ ޝަކީލެވެ.

މި ދަނޑިވަޅުގައި އޭޖީ ރިއްފަތު އަދި ޖޭއެސްސީގެ ރައީސް ހިސާން ސިއްރުން ގާޒީ ޝަކީލާއި ބައްދަލުކޮށްފައިވާކަމަށް ދެކެވޭ ވާހަކަަތަށް ކުށްވެރިކޮށް ޖޭއެސްސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެއީ އެ ކޮމިޝަނުގެ އަގުވައްޓާލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށާއި، އެމަައްސަލަ ބަލަން ހުށަހަޅާނެ ކަމަށެވެ.

“ޖޭއެސްސީގެ އަގުވައްޓާލާ އިތުބާރު ނުހިފޭ ދޮގު ހަބަރުތައް ފަތުރާތީ އެކަން ކުށްވެރިކޮށް، މިކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމުގައިވެސް ދަންނަވަން” ޖޭއެސްސީގެ ޓްވީޓުގައި ވެއެވެ.

މިވަގުތު ކޯޓުގައި ހިނގަމުންދަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި އާއި ވ. އާރަށް ދޫކުރި އިރު، އެއިން ކޮންމެ ރަށެއް ދޫކުރުމުގެ ބަދަލުގައި ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތެވެ.

ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވާ މިމައްސަލާގެ ހުކުމް ކުރުން މި އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު ތާވަލުކުރުމަށްފަހު، ފަހުން ވަނީ މިމަހު 30 އަށް ހުކުމް ކުރުން އަވަސްކޮށްފަ އެވެ.

ނަމަވެސް އިސް ގާޒީ ޝަކީލު ފަހުން ވަނީ، މައްސަލައިގެ އެކި މަރުހަލާތަކަށް ވަގުތު ބޭނުންވާތީ ސީދާ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށްނުގެންދެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް