ads
ބިޝޯނީ (ކ) ސަލްމާން (ވ)
ލޯރެންސް ބިޝޯނީ ފޮނުވި މީހަކު ސަލްމާން ހާން މަރާނުލީ ކިރިޔާ
އިންޑިއާގެ މަސްހޫރު ރެޕް ލަވަކިޔުންތެރިއާ ސިދޫ މޫސޭ ވާލާ މަރައިލުމާ ގުޅިގެން، ނިއުޔޯކް ޓައިމްސް އިން ހިނގި ތަހުގީގަކުން ސީދޫ މޫސޭ ވާލާ މަރައިލުމުގައި ބައިވެރިވެ ލޮއިރެންސް ބިޝޯނީ، ސަލްމާން ހާން މައިރައިލަން ސްނައިޕަރެއް ފޮނުވިކަން ހާމަވެއްޖެއެވެ.
Advertisement

އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތުން ހާމަވި ބައެއް މައުލޫމާތު ނިއުޔޯކް ޓައިމްސް އިން މިހާރު އާންމުކޮށްފައިވާއިރު، އެ ނޫހުން ބުނަނީ ސަލްމާން މަރައިލަން ފޮނުވި ސްނައިޕަރު އޭނާ ގަޔަށް ބަޑި ޖަހައި މަރައިލަން މަސައްކަތް ކުރީ ސަލްމާން ހާން ހެނދުނު ދުވަން ނުކުންނަ ވަގުތު ބަލައިގެންކަމަށެވެ. 

"ސަލްމާން ހާން އެވަގުތު ދުވަން ނުކުންނާނީ ބޮޑީގާޑުންނާ ނުލައިކަން އެނގޭތީ އެވަގުތަށް މަރާލަން ތައްޔާރު ވެގެން ހުރީ،" އެ ތަހުގީގަށް ފަހު ނިއުޔޯކް ޓައިމްގައި ލިޔެފައިވެއެވެ. 

ނަމަވެސް ސަލްމާން ސަލާމަތްވީ އިންޑިއާ ފުލުުހުންގެ މީހަކު އެވަގުތު ސަލްމާން ހާނަށް އެ ދުވަހުގެ އޮތް އިވެންޓަކަށް ދައުވަތު ދޭން ގޮސް، ސަލްމާން ހާން ދިރިއުޅޭ ގޭގެ ދޮރުމަތީގައި ހުރުމުން ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. 

ސިދޫ މޫސޭ މަރައިލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ބިޝޯނީ ހުރީ ހައްޔަރުކޮށްފަ އެވެ.

ސިދޫ މޫސޭ އަށް ބަޑިން ހަމަލަދީ އޭނާ މަރާލާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު، އޭނާ ދަތުރު ކުރަމުންދިޔަ ޖިޕުގައި އިންދަ އެވެ. 

އޭނާ މަރާލުމުގެ ޒިންމާ ވަނީ ކެނެޑާ އަދި އިންޑިއާއަށް ނިސްބަތްވާ ގޭންގަކުން ނަގާފައެވެ. މޫސޭ ވާލާ އެންމެ ފުރަތަމަ މަޝްހޫރު ވެފައިވަނީ ޕީބީއެކްސް އަލްބަމަށް 2018 ވަނަ އަހަރު ކިޔާފައިވާ "ސޯ ހައި" ލަވައިންނެވެ.

15%
ކަމުގޮސްފި
69%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް