ads
ރާންޗީގައި އޮތް ހިނގާލުން
ރަސޫލާގެ ދިފާއުގައި އިންޑިއާގައި އަޑުއުފުލި ކުޑަކުއްޖަކާ ޒުވާނަކު ޝަހީދުކޮށްލައިފި
ރަސޫލާގެ ދިފާއުގައި އިންޑިއާގެ އިރުމަތީ ސްޓޭޓެއްގައި ހުކުރު ދުވަހު ބޭއްވި ސުލުހަވެރި ބޮޑު ހިނގާލުމުގައި ބައިވެރިވި ޒުވާނަކާއި ކުޑަކުއްޖަކު ސިފައިން ބަޑިޖަހާ ޝަހީދުކޮށްލައިފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޒާހަރާ ރޫޅާލުމުގެ ތެރެއިން ބަޑިޖަހާ ޝަހީދުކޮށްލާފައިވަނީ އުމުރުން 14 އަހަރުގެ މުދައްސިރު ނަމަކަށް ކިޔާ ކުއްޖަކާ، 19 އަހަރުގެ ސާހިލް އަންސާރީ ނަމަކަށް ކިޔާ ކުއްޖެކެވެ.

ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު އޮތް ބޮޑު މުޒާހަރާގައި އެތައް ހާސް މީހުންނެއް ބައިވެރިވެފައިވާއިރު، ހަބަރުތައް ބުނާގޮތުން މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ.

އެކަމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވެއެވެ. ހަބަރުތައް ބުނާގޮތުން އެމުޒާހަރާ ހޫނުވީ އެ މުޒާހަރާއާއި ދެކޮޅަށް ހިންދޫން އަޑުއުފުލާ މުޒާހަރާތެރެއަށް ވަދެ ގަތުމުންނެވެ.

ހުކުރު ދުވަހު އިންޑިއާގެ އިރުމަތީ ސްޓޭޓެއްކަމަށްވާ ޖަރްހަންދުގެ ވެރިރަށް ރާންޗިގައި އޮތް މި ސުލުހަވެރި ބޮޑު ހިނގާލުން ބާއްވާފައިވަނީ، ރަސޫލާއަށް ފުރުއްސާރަކޮށް، ބަދުބަސް ބުނި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސް ދެމީހުން ހައްޔަރު ކުރުމަށް ގޮވާލަ އެެވެ.

your imageހުކުރު ދުވަހު އިންޑިއާގައި އޮތް ހަތަރު މުޒާހަރާއެއްގެ މަންޒަރުތައް 

ރާންޗިގެ އިތުރުން އިންޑިއާގެ ވެރިކަން ކުރާ ރަށް ނިއު ދިއްލީގެ އިތުރުން، ކޮލްކަތަ، ޕްރަޔަގަރާޖުގައި ވެސް ވަނީ މި ހިނގާލުން ބާއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް