ads
ރައީސް ނަޝީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ޖޭއެސްސީގެ ރައީސް ދަންވަރު ކޯޓުގެ ފަނޑިޔާރާ ބައްދަލެއް ނުކުރާނެ: ރައީސް ނަޝީދު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި ޖިނާއީ ކޯޓުގެ ފަނޑިޔާރާއި، ބައްދަލުކުރާކަމަށް ބުނެ ދެކެވޭ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޮގު ކުރައްވައިފި އެވެ.

ޖޭއެސްސީގެ ރައީސް އަކީ ރައީސް ހިސާން ހުސައިން އެވެ. އަދި ޖިނާއީ ކޯޓުގެ ރައީސް ނަޝިދު އެ އިޝާރާތްކުރައްވާ ގާޒީ އަހްމަދު ޝަކީލް އެވެ.

ގާޒީ ޝަކީލަކީ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބައްލަވާ ފަނޑިޔާރެވެ. 

ރައްޔިތުންގެ މަޖިލީުގެ މިއަދުގެ ޖަލްސާ ފަށްޓަވައިދެއްވުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުން އަންގަވާ އެންގުން އިއްވަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ ރައީސް އާއި މެދު ހަގީގަތެއް ނެތްވާހަކަ ފަތުރަމުން ދިއުމަކީ އެއްވެސް ފަރާތަކަށް ފައިދާހުރި މަސްލަހަތެއް ނޫން ކަމަށެވެ. 

"ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި ޖިނާއީ ކޯޓުގެ ފަނޑިޔާރާއި، ބައްދަލުކުރުމުގެ ފުރުސަތެއް އެއްވެސްތާކުން ދެއްވާފައި ނުވާ ކަމަށް. އަޅުގަނޑުވެސް ދެކޭގޮތުގައި މިބާވަުގެ ވާހަކަތައް ހަގީގަތެއް ނެތްވާހަކަތައް ފަތުރަމުން ގެންދިއުމަކީ އެއްވެސް ފަރާތަކަށް ފައިދާހުރި މަސްލަހަތެއް ނޫން." ރައީސް ނަޝީދު މަޖިލީހުގައި ވިދާޅުވި އެވެ.

ގާޒީ އަހްްމަދު ޝަކީލްއާ ޖޭއެސްސީގެ ރައީސް ހިސާން ދަންވަރުގައި ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަ ބައެއް މީޑިޔާތަކުން ރިޕޯޓުކުރުމުން އެ ކޮމިޝަނުން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ޖޭއެސްސީގެ ގާނޫނަށް އިސްލާހުގެނައުމަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ މަޖިލީހުގައި ޖޭއެސްސީގެ އިތުބާރެއްނެތް ކަމަށް ބުނެ މަޖިލީހުގައި ވާހަކަ ދައްކަވާފަ އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް