އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސައީދު މަޖިލީހުގައި މިއަދު ސުވާލުކުރެއްވީ ސްކޫލް ދައިރިވަރުންނަށް ގަޑިޔަށް ނަމާދަށް އަރާނަމަ އެއީ ހަރުކަށި ފިކުރަށް ތަބާވުމުގެ އަމަލެއް ކަމަށް ބުނެ ރައްޔިތުންނަށް މައުލޫމާތު ދީފައިވާނެ ކަމަށް ހަބަރުތައް ފެތުރެމުންދާތީ މި ކަމަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސާފުކުރުމަށެވެ.
މިނިސްޓަރު ވިދާޅުވީ ނަމާދުކުރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމަށާއި، ނަމާދުކުރުވުމަށް ސްކޫލުތަކުން ބާރުއަޅާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަންގެ ކަރިކިއުލަމްގެ މައިގަނޑު އެއް އަސާސަކީ ޕްރެކްޓިކަލް އެންޑް އިސްލާމް ކަމަށެވެ. އަދި ވިދާޅުވީ ކަރިކިއުލަމްގެ ތެރެއިން އިސްލާމް ދީނަށް އަމަލުކުރާ ދިވެހި ގައުމަށް ލޯބިކުރާ ހުނަރު ހުރި މައުލޫމާތު ހުރި ދަރިވަރެެއް ބިނާ ކުރުމުގެ ކަންތައް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫޅުތަކުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުން ސްކޫލުތެރޭގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މަޖިލީހުގައި މިއަދު މިނިސްޓަރު ވަނީ މާލޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް މަސައްކަތްކުރައްވާ ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އަދި ވިދާޅުވީ ޖާގައިގެ ދަތިކަން ހުރުމުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.