ads
ޕީޖީ ހުސައިން ޝަމީމް--
ޕީޖީ ޝަމީމުގެ ވަކިކުރާ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށައަޅަން ފާސްކޮށްފި
ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު މެންދުރު 12:30 ގައި ބޭއްވި ބައްދަލުވުމުގައި އެ ގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

ޕީޖީ ޝަމީމާ މެދު އެމްޑީޕީގެ މެންބަރުންގެ ހިތްހަމަނުޖެހުން ހުރި ވަކި މައްސަލަތަކެއް އަދި ސާފެއް ނުވެ އެވެ.

ޝަމީމް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ 74 މެމްބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމުންނެވެ.

އެމްއެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާއި ހެލްތު މިނިސްޓްރީން ގަންނަން އިއުލާނުކުރި ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލައިގެ އިތުރުން މަސްތުވާތަކެތީގެ ބޮޑުން ދޫވާ މައްސަލައިގައި ޕީޖީގެ ނިންމުންތައް ހުރި ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން މީގެ ކުރިން ވަނީ ޕީޖީ ޝަމީމަށް ފާޑު ވިދާޅުވެފައިވެ އެވެ. 

އެމްޑީޕީގެ ކަންބޮޑުވުންތަކުގެ މައްސަލައިގައި ޕީޖީ ޝަމީމު މީގެ ކުރިން ވިދާޅުވީ އެ އޮފީހަކީ ތަހުގީގީ އިދާރާތަކުން ފޮނުވާ ހުރިހާ މައްސަލައެއް ކޯޓަށް ހުށަހަޅައިދޭން ގާއިމުކޮށްފައިވާ "ޕޯސްޓް އޮފީހެއް" ނޫން ކަމަށެވެ. ކޯޓަށް ހުށަހަޅާނީ ސާބިތު ކުރެވޭ ގޮތަށް ހެއްކާއި ގަރީނާ ހުރި މައްސަލަތައް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް