ads
ބޮލީވްޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާ...
ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ އާއި އޭނާގެ ފިރިމީހާ ރާއްޖޭގައި
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރްމާ ޗުއްޓީ ހޭދަކުރުމަށްޓަކައި ރާއްޖެ އަތުވެއްޖެއެވެ.

އަނުޝްކާގެ މިދަތުރުގައި އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަނުޝްކާގެ ފިރިމީހާ ވިރާޓް ކޯލީވެސް ބައިވެރިވެ އެވެ. 

އިންޑިއަން ޕްރިމިއާލީގު ކްރިކެޓްގެ މި ބްރޭކުގައި އަނުޝްކާ ރާއްޖެއަށް ކުރި މިދަތުރުގައި ވަނީ އެދެމަފިރިންގެ ދަރިފުޅު ވަމިކާވެސް ބައިވެރިވެފައިވެއެވެ.

އަނުޝްކާ އާއި ވިރާޓް ކޯލީ ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފުތާގައެވެ. އޭގެ ފަހުން އެ ދެ މީހުން ދަނީ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ އެ ދެމަފިރިންގެ ފޮޓޯތައް އިންސްޓާގްރާމްގައި ޕޯސްޓް ކުރަމުންނެވެ. 

your imageއަނުޝްކާ ޝަރުމާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް..

ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ބޮލީވުޑްގެ ކުޅަދާނަ ތަރި އަނުޝްކާގެ އެންމެ ފަހުން ނުކުތް ފިލްމަކީ ޝާހް ރުކް ހާން އާއި ކެޓްރީނާ ކައިފް އާ އެކު "ޒީރޯ" އެވެ.

ދެން އެންމެ އަވަހަށް އަނުޝްކާ ފެނިގެންދާނީ ކުރިއަށް އޮތް ފިލްމު "ޗަކްޑާ އެކްސްޕްރެސް" އިންކަމަށް ބޮލީވުޑުގެ ޙަބަރުތައް ބުނެއެވެ. އޭނާ މި ފިލްމަށް ތައްޔާރުވާން ފަށާފައިވާއިރު، ދާދި ފަހުން ވަނީ 'ޓޭބަލް ރީޑް' ވީޑިއޯއެއް ހިއްސާކޮށްފައެވެ. ނެޓްފްލިކްސްގައި ރިލީޒްކުރާ ބައޮޕިކްގެ ޝޫޓިން މި އެކްޓްރެސް މިހާރު ވެސް ވަނީ ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް