ads
ފުވަށްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް
ވައުދުތަކާ އެއްގޮތަށް ދަނީ ކުރިއަށް، 2023 އޮތީ ރައީސް ސޯލިހާއެކު: ފުވައްމުލަކު މޭޔަރު
ވޭތުވެދިޔަ ސަރުކާރުތަކުގައި ނުކޮށްދޭވަރުގެ ތަރައްގީގެ މަސައްކަތްތައް ފުވައްމުލަކު ސިޓީއަށް ގެނެސް ދެއްވާފައިވަނީ މި ސަރުކާރުން ކަމަށާއި، އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެ އެވެ.
Advertisement

"ސީއެންއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ރަފީގު މިއަދު ވިދާޅުވީ ފުވައްމުލަކުގެ ތަރައްގީއަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށާއި، އެކަން އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުން ވެސް މިއަދު ގަބޫލުކުރައްވާ ކަމަށެވެ. 

"މި ސަރުކާރުން ހަގީގަތުގައިވެސް ވަރަށް ގިނަ މަސައްކަތް މި ސިޓީއަށް އެބަކޮށް ދެއްވާ. މިކަން ރައްޔިތުން ވެސް ހަމަ ގަބޫލުކުރައްވާ. މީ ބަދަލު ފެންނާނެ ވެރިކަަމެއް ދެއްތޯ،" އިސްމާއީލް ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ މި ސަރުކާރުން ފުވަށްމުލަކު ސިޓީއަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވާފައި ކަމަށެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ހުންނަވާނީ ރައީސް ސޯލިހުގެ ފަހަތުގައި ކަމަށާއި، އެކަން އެގޮތައް ނިންމާފައިވަނީ ގައުމަށާއި، ރައްޔިތުންނަށްވެސް މަސައްކަތްތަކެއް ކޮށްދެއްވަމުން އަންނަ ނަމޫނާ ވެރިއެއްގެ މިސާލު ރައީސް ސޯލިހު ދައްކަވާފައިވުމުން ކަމުގައި އިސްމާއީލް ވިދާޅުވި އެވެ. 

"ރައްޔިތުންނަށްވެސް މަސައްކަތްތަކެއް ކޮށްދެއްވައިފި. ސުކޫލް އިމާރާތުގެ މަސައްކަތް. މަގުހެދުމާ ނަދުދަމާ. ހައުސިން ފްލެޓް. އަނެއްކާ މިރަށުގެ ބަނދަރާއި އެއާޕޯޓް ޕްރޮޖެކްޓު ކުރިއަށް އޮތީ. އެހެންވީމާ ނަމޫނާ ވެރިއަކަށް ތާއީދުކުރެވޭނީ އެއީ." އިސްމާއީލް ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީ އަކީ ގާތްގަނޑަކަށް 14000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. 

ރައީސް ސޯލިހާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުންނަވާނެ ކަމަށް އެމްޑީޕީގެ ގިނަ ބޭފުޅުން ދަނީ އިއުލާނުކުރައްވަމުންނެވެ. އެގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އެޑިިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ އާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފާހަގަކޮށްލެވެ އެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް