އެސްޓީއޯ އިން 11.19 ރުފިޔާއަށް ޑީސަލް ލީޓަރެއް ވިއްކަމުން އައިނަމަވެސް އެއަގުން 0.30 ލާރި މިވަނީ ހެޔޮ ކޮށްފަ އެވެ.
އެ ބަދަލާއެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަމުންދާނީ 10.89 ރުފިޔާ އަށެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ދޭތެރެ ދޭތެރެއިން ހެޔޮ ކުރެއެވެ. އެގޮތުން މިދިޔަ އަހަރު ވެސް ތިން ފަހަރެއްގެ މަތިން ޑީސަލުގެ އަގުވެސް ހެޔޮ ކުރި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ އެ ކުންފުނިން ވިއްކާ ތަކެތި ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭ ގޮތް ހެދުމަކީ އެސްޓީއޯގެ އަމާޒެއް ކަމަށް ކުރިން ވިދާޅުވެފަ އެވެ.