ads
އޮސްޓްރޭލިއާ ފުލުހުން ހޯދާފައިވާ ބައެއް މަސްތުވާތަކެއްތި: ފިއިލް ފޮޓޯ
އޮސްޓްރޭލިއާއިން ހޯދި މަސްތުވާ ތަކެއްޗާ މަނާ ހަތިޔާރު: ދިވެހި މުއްސަނދި އާއިލާއަކާ ގުޅޭ
އޮސްޓްރޭލިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތި ދިވެހި މުއްސަނދި އާއިލާއެއްގެ މެންބަރަކާ ގުޅުން އޮތްކަން ހާމަވެއްޖެ އެވެ. މިކަން ހާމަވެފައިވަނީ އޮސްޓްރޭލިއާ ނޫސްތަކުގައި އެކަން ރިޕޯޓު ކުރުމުންނެވެ.
Advertisement

އޮސްޓްރޭލިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، ވެސްޓަން އޮސްޓްރޭލިއާ އިން ވިކްޓޯރިއާއަށް އެލެގްޒެންޑްރީއާ ނާޔާދް ކިޔާ މީހަކު ވަނީ މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. އޭނާގެ ގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ހޯދާފަ އެވެ.

އެ ގެއިން އޮސްޓްރޭލިއާ ފުލުހުން ވަނީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތީގެ އިތުރުން މަނާ ހަތިޔާރެެއް ވެސް ހޯދާފަ އެވެ.

އޭނާގެ ގެއިން، ގާތް ގަނޑަކަށް އެއްކިލޯގެ މެތް، 84 ގްރާމުގެ ކޮކެއިން ވަނީ ފެނިފަ އެވެ. އަދި މަނާކޮށްފައިވާ ހަތިޔާރެއް ވެސް އެގެއިން ފެނިފައިވެ އެވެ. އެތަކެތި ހުރީ އެގޭ ބަދިގޭގައި ފޮރުވާފަ އެވެ. 

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާ އަކީ  ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ، ސިމްޑީ ކުންފުނީގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ދީދީ) ގެ ކުރީގެ ދަނބި ދަރި އެކެވެ. 

އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނީ އޮސްޓްރޭލިއާގެ އެޕަލްކްރޮސްގެ ގެއަކުންނެވެ. ސިމްޑީ ދީދީ ވެސް ދިރިއުޅުއްވަނީ އެޕަލްކްރޮސްގައި ހުންނަ ގެއެއްގަ އެވެ. 

your imageއެލެގްޒެންޑްރީއާ ނާޔާދް

އޮސްޓްރޭލިއާގެ ނޫސްތަކުން ވެސް ރިޕޯޓު ކުރާގޮތުގައި އޭނާ އާ ދިވެހި ރާއްޖޭގެ ހޮޓެލް ޗެއިނަކާ ގުޅުން އޮވެ އެވެ. 

ވެސްޓް އޮސްޓްރޭލިއާ ފުލުހުން ވަނީ 129،000 ޑޮލަރުގެ ޕާރިސަލެއް ވެސް އޭޕްރީ މަހުގެ ތެރޭގައި ހިފަހައްޓަފަ އެވެ. މިއީ މި ކޭސްއާ ގުޅުން ހުރި ފައިސާ ކަމަށް އޮސްޓްރޭލިއާ ފުލުހުން ބުނެ އެވެ. 

މި މައްސަލަ މިހަރު އޮތީ އޮސްޓްރޭލިއާ ކޯޓުގަ އެވެ. 

އެޑިޓަރުގެ ނޯޓް:

މިހަބަރުގެ ފަސް ވަނަ ޕެރެގްރާފު މިހާރު ވަނީ ރަނގަޅުކޮށްފަ އެވެ.

53%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް