
މި ބުއިމަކީ ހަށިގަނޑަށް ވެސް ފައިދާ ހުރި ބުއިމެކެވެ. ތައްޔާރު ކޮއްލަންވެސް އެހާ އުނދަގުލެއް ނޫނެވެ.
ކަދުރު މިލްކް ސޭކް ތައްޔާރު ކުރަން ބޭނުންވާނެ އެއްޗިސް އަކީ:
1- ކަދުރު
2- ފުލް ކްރީމް ކިރު
3- ވެނީލާ އެސެންސް
4- ޗޮކްލެޓް/ ވެނީލާ/ ސްޓޯބެރީ ޕައުޑާރ
5- ހަކުރު
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކަދުރުގެ އޮށް ނެގުމަށްފަހު 10 މިނިޓް ވަންދެން ފެނުލާފައި ބަހައްޓާ ށެވެ. 10 މިނިޓް ވުމުން ފެނުން ނަގާ މިކްސަރަަށް އަޅާލާ ށެވެ. ދެން ފުލް ކުރީމް ކިރު، ހަކުރު، އެސެންސް، ޗޮކްލެޓް/ ވެނީލާ/ ސްޓޯބެރީ ޕައުޑާ ރަހަ ހެޔޮވާވަރަށް އަޅާ ރީތިކޮން އެއްކޮއްލާ ށެވެ.
މިކްސް ކުރަމުން ދާއިރު ފޮނި ރަހަ ރަނގަޅުތޯ ބަލަމުން ދާށެވެ. ރީތިކޮށް އެއްކޮށް މިކްސް ކޮށް ނިމުމުން ކަދުރު މިލްކް ޝޭކް އެހުރީ ތައްޔާރުކޮށް ނިމިފަ އެވެ.
ދެން ބޭނުން ވަރަށް ތައްޓަށް އެޅުމައްފަހު އޭގެ މައްޗައް މިކްސް ކުރި އިރު އެޅި ފްލެވަގެ އައިސް ކުރީމް އަޅާލާށެވެ.
މީރުތޯ ބަލާލަން އަޅެ ތައްޔާރު ކޮއްލަބަލާށެވެ.