
މިހެން މިހިތައް އަރަނީ ގާތް އެކުވެރިން ކައިވެނި ކުރާތީ ކަމަށް ވެދާނެ އެވެ. މިގޮތަށް އެއްވެސް ޕްލޭނެއް ނެތި ކައިވެނި ކުރާތަންވެސް ފަހަކަށް އައިސް ފެއްނަމުން އެބަދެ އެވެ. މި ގޮތަށް އެއްވެސް ޕްލޭނެއް ނެތި ކުރާ ކައިވެނި ގިނަ ފަހަރު އޮއްނަނީ "ފުލުސްޓޮޕާ" ހަމަޔަށް އައިސް ނިންމާލަން ޖެހިފަ އެވެ.
މިހެން މިގޮތަށް ކުރުމަށް ވުރެއް ހަމަޖެހިގެން ދިރިއުޅުމުގެ ޗާޓު ކުރަހާލާގެން ކުރިއަށްދާން އުޅުނިއްޔާ ދިރިއުޅުމުގެ ގިނަ ސޮފުހާތަކެއް ލިޔެވުމުގެ ފުރުސަތު ބޮޑުވެގެން ދާނެ އެވެ.
ދިރިއުޅުމެއް ފެށުމަކީ ހަގީގަތުގައި ވަރަށް ބޮޑު ޒިންމާ އެކެވެ. ފިރިހެނަކަސް އަންހެނަކަސް ހަމަ އެއްވަރެ އެވެ. ފިރިހެނެއް ނަމަ އަނބިމީހާ ބެލޭނެ ވަރުގެ ގާބިލުކަމެއްވެސް ހުއްނަންވާނެ އެވެ. އަންހެނެއް ނަމަ ފިރިމީހާގެ ކަންކަމާ ގެތެރޭގެ ކަންކަން ކުރުމުގެ މުރާލިކަމެއް ހުންންވާނެ އެވެ.
ކައިވެންޏެއް ބިނާކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާކަމަށް ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އެންމެ މުހިންމީ، "ލަވް، ކެއަރިން، އެންޑް ޓްރަސްޓް" އެވެ. އިތުބާރު ނެތިއްޖެ ނަމަ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހޭލެއް ގިނަވާނެ އެވެ. ހަމަ އެގޮތަށް ޝައްކު ކުރުމަކީ ވެސް ދިރިއުޅުމެއް ރޫޅޭނެ ކަމެކެވެ.
އެހެން ވުމުން ރައްޓެހިން ކައިވެނި ކުރާތަން ފެނުމުން ކައިވެނި ކުރާ ހިޔާލު ދޫކޮށް ކައިވެންޏަކަށް މީހާ ރެޑީތޯ އަމިއްލަ ނަފްސާ ސުވާލް ކޮއްލަބަލާ ށެވެ. ކައިވެންޏަކީ ކުޅޭ ކުޅޭ ކުޅިވަރަކަށް ހެދުމުގެ ބަދަލުގައި ތަންކޮޅެއް ޒިންމާދާރު ވާންވެއްޖެ އެވެ.