ads
ސުނިލް ޗެތްރީ
ގްރޫޕުގެ އެއްވަނަ ހޯދައިގެން އިންޑިޔާ އޭޝިއަން ކަޕަށް
ކުޅުނު ތިން މެޗުންވެސް މޮޅުވެ، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އިންޑިޔާއިން އަންނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ހޯދައިފިއެވެ.

އިންޑިޔާއިންވަނީ ކޮލިފައިންގެ ފަހު ބުރުގައި އެ ޓީމުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އެއީ ފުރަތަމަ މެޗުގައި ކެމްބޯޑިއާ އަތުން ދެ ލަނޑު ސުން ލަނޑުން، ދެވަނަ މެޗުގައި އަފްގާނިސްތާނު އަތުން ދެ ލަނޑު އެއް ލަނޑުން އަދި ފަހު މެޗުގައި ވަރުގަދަ ހޮންކޮންގ އަތުން ހަތަރު ލަނޑު ސުން ލަނޑުންނެވެ. ފަހު މެޗަކީ ރޭ ކުޅުނު ހޮންގްކޮންގ މެޗެވެ. މި މެޗު ފެށުނުއިރުވެސް ދެވަނަ ޓީމެއް ގޮތުގައި އިންޑިޔާއަށް އޮތީ އޭޝިއަން ކަޕުން ފުރުސަތު ލިބިފައެވެ.

އިންޑިޔާއިން ވިދިވިދިގެން ދެވަނަ ފަހަރު އޭޝިއަން ކަޕުން ފުރުސަތު ހޯދިއިރު، ތަރިއަކަށްވެފައިވަނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އޭނާވަނީ ތިން މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. އެއީ ފުރަތަމަ މެޗުގައި ދެ ލަނޑު އަދި ފަހު ދެ މެޗުންކުރެ ކޮންމެ މެޗެއްގައި ލަނޑެކެވެ.

އިންޑިޔާ އޭޝިއަން ކަޕުން ފުރުސަތު ހޯދިއިރު، ދެކުނު އޭޝިއާ ސަރަހައްދުން އިންޑީޔާ ނޫން އެހެން އެއްވެސް ޓީމަކަށް އޭޝިއަން ކަޕުން ފުރުސަތެއް ނުލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް