
ޝީފާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އޭނައަށް ކުށް ކުރެވިއްޖެ ކަމަށާއި އެކުށަށް މާފަށް އެދޭ ކަމަށެވެ.
ނަމަަވެސް އެއީ ކޮން ކުށެއް ކަމެއް އޭނާ ނުބުނެއެވެ. ފޯނުން ގުޅުމުން އޭނާ ފޯނު ނުނަގާތީ އެއީ ކޮންކުށެއްކަމެއް އަދި ނޭންގެ އެވެ.
ޝިފާ ފޭސްބުކްގައި ބުނި ގޮތުގައި ކަންތައް ހިނގާދިޔައީ ވަރަށް ހީނުކުރާ ގޮތަކަށެވެ. އެއްވެސް ބަޔަކު ދެރަކޮށް އެއްވެސް މީހަކަށް ބަދުބަސް ބުނަން ޝިފާ ބޭނުން ނުވާ ކަމަށެވެ.
ޖޫން 6 ވަނަ ދުވަހު މީސްމީޑިޔާގައި ވަނީ ވީޑިއޯތަކެއް އާންމުވެފައެވެ. އެމައްސަލައިގައި ޝިފާ މަސައްކަތް ކުރަމުން ދިޔަ ނަށާ ގްރޫޕުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ. އެ ގްރޫޕަކީ ފިލްމީތަރި ޖާދުﷲ އިސްމާޢީލާއި އިތުރު ބަޔަކު ގުޅިގެން ހިންގާ ޑާންސް ގްރޫޕެކެވެ.
ޖާދުﷲގެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެހެން ހަތަރު މީހެއްގެ ވެސް ހާޒިރުގައި ޝިފާ އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވެފައިވާ ކަމަށާއި މިހާރުވެސް އެ އަމަލު ހިންގަމުން އަންނަ ކަމަށް އޭނާގެ ދުލުން އިއުތިރާފުވި ކަމުގައި ޖާދުގެ ޕޯސްޓުގައިވެއެވެ.
ނަމަވެސް ފަހުން އޭނާ ވަނީ އެޕޯސްޓު ޑިލީޓްކޮށްލާފައެވެ.
އެހެންނަމަވެސް ޝިފާ މީގެ ކުރިން ބުނަމުން އައީ އެ ވީޑިޔޯއަކީ އޭނަ ބަދުނާމް ކުރުމުގެ ގޮތުން ގިނަ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށާއި އެއީ އޭނަ ކުރި ކަމެއް ނޫން ކަމަށެވެ. އަދި އޭނަގެ ސިޔާސީ ފިކުރު ބަދަލުވެފައިވާތީ އަގު ވައްޓާލަން ދުރާލާ ރާވައިގެން ހެދި ޒާތީ އެއްޗެއް ކަމުގައި ޝިފާ ވަނީ ބުނެފައެވެ.