ads
ކުޑަކުދިންގެ ހިޔާ--
ބިޑި އަޅުވައި ކުދިންނަށް އަނިޔާތަކެއް ދިން މައްސަލައިގެ އަޑުއެހުން މާދަމާ ފަށަނީ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް 2017ވަނަ އަނިޔާކޮށް، ލާއިންސާނީ އަމަލުތަކެއް ހިންގާފަވާ ކަމަށް ބުނާ މައްސަލަގައި ދައުވާކޮށްފައިވާ 13 ފުލުހުންގެ އަޑުއެހުންތައް ފަށަން މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.
Advertisement

އެ މައްސަލަ ބެލުމަށް ފަހު އެޗްއާރުސީއެމް އިން ފުރަތަމަ ޕީޖީގައި އެދުނީ އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން 30 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދަޢުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ގަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވުނު ޒެނީޝާ އާއި، އެފްސީޕީޑީގެ ވެރިޔާ މުޙައްމަދު ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށެވެ. 

އެކަމަކު ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ޕީޖީން ކުރި އެވެ.

އެ 13 ފުލުހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި މާދަމާ ފަށާއިރު، އަޑުއެހުންތައް ކުރިއަށްދާނީ މާދަމާގެ ތިން ގަޑިއަކަށް ބަހާލައިގެން ނެވެ. 

އެގޮތުން ފަސް ފުލުހެއްގެ އަޑުއެހުން ހެނދުނު 9:00 ކުރިއަށްގެންދަން ތާވަލުކުރިއިރު، ހަތަރު ފުލުހެއްްގެ އަޑުއެހުން 10:00އަށް ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ. ބާކީ އަނެއް ހަތަރު ފުލުހުންގެ އަޑުއެހުން 11:00އަށް ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލައަކީ ކުޑަކުދިންތަކެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައެއް ކަމުން އަޑުއެހުންތައް ކުރިއަށްގެންދާނީ ސިއްރުކޮށްގެން ނެވެ.

އެޗްއާރްސީއެމް މިމައްސަލާގައި އާއްމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އެމައްސަލަ ހުށަހަޅާފަވަނީ 2017 ވަނަ އަހަރު "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް