ads
ނެހާ އާއި އަންގަދު--
އަންގަދުގެ ކަކުލުގެ ސާޖަރީއެއް، އަނިޔާވީ ކޮން ފަޔަކަށް ކަން ވެސް ނެހާއަށް ނޭނގުން
އެކްޓަރު އަންގަދު ބޭޑީގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތަކުގެ ތެރެއިން އޭނާގެ ކަކުލަށް އަނިޔާވެ މުމްބާއީގެ ހޮސްޕިޓަލަކުން މިވަނީ ކަކުލުގެ ސާޖަރީއެއް ހަދާފަ އެވެ. އެގޮތުން ސާޖަރީ ހެދުމަށް ވެއްދުމުގެ ކުރިން އޭނާގެ އަނބިމީހާ އަދި ބަތަލާ، ނެހޭ ދޫޕިއާ މިވަނީ ފިރިމީހާގެ ވީޑީއޯއެއް ކޮށްފަ އެވެ.
Advertisement

މި ވީޑިއޯ، އިންސްޓަގްރާމަށް ހިއްސާކޮށް އަންގަދު ބުނެފައި ވަނީ މިއީ ސާޖަރީ ހަދަން ކުޑަތަންވެފައިވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި އޭނާގެ ސިއްހަތާއި ގުޅޭ އިތުރު ވީޑިއޯތައް އޮޕަރޭޝަނުގެ ތަދުން މަރުނުވެ ސަލާމަތުން ނިކުމެވިއްޖެނަމަ ހިއްސާކުރާނެ ކަމަށް ވެސް އަންގަދު ބުންޏެވެ.

އޭގެ އިތުރުން އަންގަދު ވަނީ އޭނާގެ އަނބިމީހާއަށް ސާޖަރީ ހަދަން ވެއްދިއިރު ވެސް ސާޖަރީ ކުރަނީ ކޮން ފައެއްކަން ވެސް ނޭނގޭ ކަމަށް ބުނެފަ އެވެ. އެގޮތަށް އަންގަދު ބުނެފައި ވަނީ ނެހާ، އަންގަދުގެ ކަނާއަތު ފައިގައި ފިރުމަން ފެށުމުންނެވެ. އާންމުކުރި ވީޑިއޯއިން ވެސް އެމަންޒަރު ފެނިގެންދާއިރު އެއީ ނުބައި ފައެއްކަމަށް އަންގަދު ބުނުމުން ނެހާ ހިނިގަނޑެއް ޖަހާލާ އަޑުވެސް އިވެއެވެ. 

ނެހާ އާއި އަންގަދް ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ގުރުދްވާރުގައި މެއި މަހުގެ 10 ވަނަ ދުވަހެވެ. ސިއްރުން ނެހާ އާއި އަންގަދު ކައިވެނި ކޮށްފައި ވަނީ، ކައިވެނީގެ ކުރިން ނެހާ ބަލިވެ އިނުމާއި ގުޅިގެންނެވެ. ނަމަވެސް އޭރު އެކަން ނެހާގެ އާއިލާ އިން ދޮގުކުރި ނަމަވެސް ފަހުން އެކަމަށް އެއްބަސްވި އެވެ. 

އުމުރުން 38 އަހަރުގެ ނެހާ ވަނީ ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ ކިޔާ ކޫލް ހޭއިން ހަމް އާއި ޗުޕް ޗުޕް ކޭ އަދިި ސިންގް އިސް ކިންގް ގައި އޭނާގެ އެކްޓިން ހުނަރު ދައްކުވައިދީފައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިދްޔާ ބަލަން އާއެކު ތުމްހާރީ ސޫލޫ އިންނެވެ. އޭގެ އިތުރުން ނެހާއަކީ އެމްޓީވީ އިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ ރޯޑީސް އެކްސްޓްރީމް ގެ ގޭންގް ލީޑަރެއްވެސް މެއެވެ.

ނެހާގެ ފިރިމީހާ އަންގަދް ވަނީ "އުންގްލީ" އާއި "ޓައިގާ ޒިންދާ ހޭ" އަދި ޕިންކް ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ "ސޫރްމާ" އިންނެވެ. އުމުރުން 35 އަހަރުގެ އަންގަދަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ބިޝާން ސިންގެ ދަރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް