ads
އަނުޝްކާ އާއި އޭނާގެ ފިރިމީހާ
އަނުޝްކާ އަށް ދެވަނަ ދަރިއެއް ލިބެނީ ބާ؟
އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އާއި ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާއަށް ދެވަނަ ދަރިޔަކު ލިބެން އުޅޭކަމުގެ ހަބަރުތައް މީޑީއާގައި ފެތުރެން ފަށައިފި އެވެ.

އަނުޝްކާ އާއި ވިރާޓް އަދި ދަރިފުޅު ވަމިކާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ރަށަށް ދިޔުމުން އެންމެ ފުރަތަމަވެސް އަނުޝްކާ ދިޔައީ ހޮސްޕިޓަލަށެވެ. އެހެންކަމުން ގިނަބަޔަކު ދަނީ ވަމިކާ ދައްތައަކަށް ވާން އުޅޭކަމަށް ބުނެ މީސްމީޑީޔާގައި ހިޔާލް ފާޅުކުރަމުންނެވެ.

މީޑީޔާ ރިޕޯޓްތައް ބުނާގޮތުގައި އަނުޝްކާ ވިހެއުމާއި ގުޅިގެން ބޮލީވުޑްއާ ދުރުގައި ދުވަސްކޮޅަކު ހުރުމަށްފަހު މިހާރުވަނީ  މަސައްކަތަށް އެނބުރި ނުކުމެފައެވެ. އެގޮތުން މިހާރު އަނުޝްކާ ދަނީ ފިލްމެއްގެ ޝޫޓިން ނަގަމުން ކަމަށާއި އެފިލްމުގައި އަނުޝްކާ ކުޅެނީ އެތްލީޓެއްގެ ރޯލްކަމަށް މީޑިޔާގައި ބުނެފައިވެއެވެ.

އަނުޝްކާއަކީ ކުޅިވަރުގެ ދާއިރާގައި ނޫޅޭ މީހަކަށް ވާތީ، އެތްލީޓެއްގެ ރޯލު ކުޅެން ޖެހުމުން ގައިގައި ރިއްސާތީ އަނުޝްކާ ހޮސްޕިޓަލަށް ދަނީ ފިޒިޔޯތެރަޕީ ނަގަން ކަމަށް މީޑީޔާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިހިނގާ ޖޫންމަހުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް އަނުޝްކާ ވަނީ ރާއްޖޭގެ ރިސޯޓެއްގެ ބީޗުގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމް އަދި ޓްވިޓާގައި ހިއްސާކޮށްފައެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ދިޔައީ ޝާޚުރުކް ޚާންއާ އެކީ ކުޅުނު ފިލްމު "ޒީރޯ" އިންނެވެ. ދެން އެންމެ އަވަހަށް އަނުޝްކާ ފެނިގެންދާނީ ޖުލާން ގޯސްވާމީގެ ބަޔޯޕިކް " ޗަކްދާ އެކްސްޕްރެސް" އިން އެތްލީޓެއްގެ ރޯލުންނެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް