ads
ކުޑަކުދިންގެ ހިޔާ--
ހިޔާ މައްސަލާގަ މިއަދު އޮތް 13 ފުލުހުންގެ އަޑުއެހުން ކެންސަލް ކޮށްފި
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް 2017ވަނަ އަނިޔާކޮށް، ލާއިންސާނީ އަމަލުތަކެއް ހިންގާފަވާ ކަމަށް ބުނާ މައްސަލަގައި ދައުވާކޮށްފައިވާ 13 ފުލުހުންގެ އަޑުއެހުންތައް ފަށަން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުން ކެންސަލުކޮށްފި އެވެ.
Advertisement

އެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފަށަން ތާވަލުކޮށްފަ އޮތީ، ތިން ގަޑިއަކަށް ބަހާލައިގެން ނެވެ. އެގޮތުން ފަސް ފުލުހެއްގެ އަޑުއެހުން ހެނދުނު 9:00 ކުރިއަށްގެންދަން ތާވަލުކުރިއިރު، ހަތަރު ފުލުހެއްްގެ އަޑުއެހުން 10:00އަށް ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ. ބާކީ އަނެއް ހަތަރު ފުލުހުންގެ އަޑުއެހުން 11:00އަށް ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލައަކީ ކުޑަކުދިންތަކެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައެއް ކަމުން އަޑުއެހުންތައް ކުރިއަށްގެންދާނީ ސިއްރުކޮށްގެން ނެވެ.

ޕްރޮސިކިއުޓާ ޖެނަރަލް(ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު “ސީއެންއެމް” އަށް ވިދާޅުވީ، އެ އަޑުއެހުން ކެންސަލު ކުރި ކަމަށް ކޯޓުން އެންގީ ދައުވާލިބޭ ފަރާތުން އެދިގެން ކަމަށެވެ.

އެޗްއާރްސީއެމް މިމައްސަލާގައި އާއްމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އެމައްސަލަ ހުށަހަޅާފަވަނީ 2017 ވަނަ އަހަރު "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށެވެ.  

އެ މައްސަލަ ބެލުމަށް ފަހު އެޗްއާރުސީއެމް އިން ފުރަތަމަ ޕީޖީގައި އެދުނީ އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން 30 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދަޢުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ގަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވުނު ޒެނީޝާ އާއި، އެފްސީޕީޑީގެ ވެރިޔާ މުޙައްމަދު ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށެވެ. 

އެކަމަކު ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ޕީޖީން ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް