ads
ދެވަނަ ފިޔަވަހި--
ދެވަނަ ފިޔަވަހީގަ 3 ކްލިނިކަކާއިއެކު ހޮސްޕިޓަލެއް އަޅަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގަ ތިން ކްލިނިކަކާއިއެކު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޓީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދަައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ތިން ކްލިނިކަކާއިއެކު އެކު ތިން ފާމަސީއެއްގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

"އަދި އިތުރު ހޮސްޕިޓަލަކާ، އިތުރު ސިއްހީ ހިދުމަތްތައް ލިބޭނެ ނިޒާމުތައް ގާއިމުކުރުމަށް ބީލަމަށް ލައިގެން އެޗްޑީސީން އެދަނީ މަސައްކަތް ކުރަމުން" ރައީސް ވިދާޅުވި އެވެ.

އިއްޔެގެ ވަގުތެއްގައި ދެވަނަ ފިޔަވަހީގައި ގާއިމުކުރި ފުރަތަމަ ކްލިނިކް ވަނީ ހުޅުވާފަ އެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި އާބާދުވެ ނިމޭ އިރު ގާތްގަނޑަކަަށް 70،000 މީހުން އެތަނުގައި ދިރިއުޅޭނެކަމަށް ލަފާކުރެވޭތީ، އެތަނަށް ބޭނުންވާ މިންވަރަށް ހިދުމަތްތައް ގާއިމުކުރުމާއި ހިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އޭގެތެރެއިން ކުރެވޭ މަސައްކަތުގެ ތެރެއިން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް ހާއްސަކޮށް އަށް ސްކޫލަކާއި، އިތުރު ދެ ޕްރީސްކޫލު އެޅުމަށް ސަރުކާރުން ނިންމާފަވާކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އޭގެތެރެއިން މިހާރު އެއް ސްކޫލާއި ދެ ޕްރީސްކޫލުގެ މަސައްކަތް ނިމި ހުޅުވިފަވާކަން ފާހަގަކުރެއްވި އެވެ. 

"އަދި މިހާރު މަސައްކަތް ކުރިއަށްދާ ސަލާހުއްދީން ސްކޫލު އިރާދަކުރެއްވިއްޔާ 2023ގެ ޖެނުއަރީ މަހުގެ ތެރޭގަ ހުޅުވި ސްކޫލަށް ދެވޭވަރު ކުރެވޭނެ. ދެން ތިބި ދެ ޕްރީ ސްކޫލުވެސް އޮގަސްޓަށް ނިިމި ހުޅުވޭނެ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން 3000 މީހުންގެ ޖާގަ ހިމެނޭ މިސްކިތެއްވެސް އެ ސަރަހައްދުގައި އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަމިއްލަ ފަރާތަކުން އަޅާ މިސްކިތެއްގެ މަސައްކަތް ވެސް ކުރިއަށްދާ ކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު ވެސް ސަރުކާރުން އަޅާފަވާ ވަގުތީ ދެ މިސްކިތާއި، އަމިއްލަ ފަރާތަކުން އަޅާފަވާ ދެ މިސްކިތް ބޭނުންކުރަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް