ads
ނިލަންދޫގެ ނަރުދަމާގެ މައްސަލަ: ނަޖިސް ބޭރުވާތީ ސަމާލުވާން ވަނީ އަންގާފަ
ނިލަންދޫގައި ނަރުދަމާ ފެއިލްވެ މަގުމައްޗަށް ނަޖިސް ބޭރުވާތީ ސަމާލުވާން އެދެފި
ފ.ނިލަންދޫ ނަރުދަމާ ނިޒާމް ފެއިލްވުމުގެ ސަބަބުން މަގުމަތީގައި ހުންނަ ޖަންގުޝަންތަކުން ނަޖިސް ބޭރުވަމުންދާތީ ރައްޔިތުން ސަމާލުވުމަށް ނިލަންދޫ ކައުންސިލުން އެދިފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު މިއަދު ވިދާޅުވީ އެރަށުގައި އަޅާފައިވާ ނަރުދަމާ އެއްކޮށް ފެއިލްވެފަިއވާ ކަަމަށާއި، މަގުމަތީގައި ހުންނަ ނަރުދަމާގެ ޖަންގުޝަންތަކުން ހުއްޓުމެއްނެތި ނަޖިސް ބޭރުވަމުން އަންނަ ކަމަށެވެ. 

"ނަރުދަމާގެ މައްސަލައަށް ހައްލެއް ނުލިބި މަގުމަތީގައި ހުރި ޖަންގުޝަންތަކުން ނަޖިސް ބޭރުވަމުން ދަނީ. ކައުންސިލަށް މިކަމުގައި ކުރެވެން ހުރި ހުރިހައި ކަމެއް ރައްޔިތުންނަށް ކޮށްދެމުން މި އަންނަނީ. ރައްޔިތުންނަށް ވެސް ދަންނަވައިފިން މިކަމުގައި ސަމާލު ތިބުމަށް." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ނަރުދަމާ ޖަންގުޝަންތަކުން ނަޖިސް ބޭރުވާތީ ކައުންސިލާއި ނިލަންދޫފެނަކަ މުއައްޒަފުން ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މިވަގުތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

your imageނިލަންދޫގެ ނަރުދަމާގެ މައްސަލަ: ނަޖިސް ބޭރުވާތީ ސަމާލުވާން ވަނީ އަންގާފަ

ނިލަންދޫގައި ނަރުދަމާ ނިޒާމުގެ މައްސަލަ އަށް ހައްލެއް ނުލިބި ހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އަވަސް ހައްލެއް މިކަމަށް ބޭނުންވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ނަރުދަމާގެ މައްސަލައާއި ގުޅިގެން ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާކަމަށެވެ. 

ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ޒަރޫރީ މައްސަލަތަކުގައި ނިމިގެންދިޔަ ސަރުކާރާއި، އަދި މިސަރުކާރުން ވެސް ހައްލު ހޯދާދެވިފައިނުވާ ކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.

your imageނިލަންދޫގެ ނަރުދަމާގެ މައްސަލަ: ނަޖިސް ބޭރުވާތީ ސަމާލުވާން ވަނީ އަންގާފަ

އަލީ ވިދާޅުވީ ނަރުދަމާގެ މައްސަލަ ޖެހި ހައްލު ނުވުމުން މިކަމުގައި ޒިންމާވާންޖެހޭ ފަރާތް ނުވަތަ ފެނަކަ ކޯޕަރޭޝުން މި "މައްސަލަ ހައްލުކޮށްދެއްވާނެ" ކަމަށް އަބަދު ވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މިކަމުގައި އަމަލީ ސިފައެއް ނުފެންނަ ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް