ads
ބިރުވެރި ވާހަކައިގެ ޓްރެއިލާގެ ސްކްރީން ޝޮޓެއް
އޭނާ މަ ކާލުމުގެ ކުރިން، މަ އޭނާ ކާލުން!
ރޫހާނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އައިފިލްސްގެ ’ބިރުވެރި ވާހަކަ‘ ސީރީޒްގެ ތިންވަނަ އެޕިސޯޑް ”އެދުން”ގެ ޓްރެއިލާއިން އިވިގެން ދިޔައީ ގައިން ހީބިހި ނަގާ ކަހަލަ ބިރުވެރި ވާހަކަ ތަކެވެ.

ރޭ އާއްމުކުރި "ބިރުވެރި ވާހަކަ" ސީރީޒްގެ ތިންވަނަ ބައި "އެދުން" ގެ ޓްރެއިލާގައި ފައިރޫޒް ބުނެލަނީ "”އޭނަ މަ ކާލުމުގެ ކުރިން، މަ އޭނަ ކާލުން!“ މިހެންނެވެ.

ތަފާތު ބިރުވެރި މަންޒަރުތަކެއް "އެދުން"ގެ ޓްރެއިލާއިން ފެނިގެންދެއެވެ. އޭގެތެރޭގައި މި އެޕިސޯޑްގެ އެއްމެ މުހިންމު އެއް ރޯލުން ފެނިގެންދާ ފައިރޫޒަށް ކުރިމަތިވެފައިވާ އާދަޔާޚިލާފު ހާލަތެއްގެ ސަބަބުން މިނިމަސް ކެއުމުގެ ”އެދުން“ އޭނާގެ ގައިގައި ހަރުލާފައި ހުންނަނީ ކަމަށް ވުމަކީ ފެނުނު މަންޒަރުތަކުން ކުރެވޭ ހީއެކެވެ.

ފައިރޫޒަކީ އައިފިލްމްސްގެ ފުރަތަމަ ފިލްމު ”ބަވަތި“ގައި ނުޒޫގެ ބައްޕަގެ ރޯލުން ފެނިގެންދިޔަ ހުނަރުވެރި ފަންނާނެކެވެ. މިއެޕިސޯޑުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނާ ގޮތުން މިއެޕިސޯޑުން ފައިރޫޒްގެ އާދަޔާ ޚިލާފް މޮޅު އެކްޓެއް ފެނިގެންދާނެއެވެ.

އެއް ވާހަކައާއި އަނެއް ވާހަކަ ގުޅި ލާމެހިފައިވާ "ބިރުވެރި ވާހަކަ" ސީރީޒްގެ ތިންވަނަ އެޕިސޯޑް "އެދުން" މާދަމާ ރިލީޒް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދިރާގު ޓީވީން އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑުން ދައްކަމުން އަންނަ މިސީރީޒްގެ ކޮންމެ އެޕިސޯޑަކީވެސް ބޮޑު ސަސްޕެންސް ހިމެނިގެންވާ އެޕިސޯޑެކެވެ.

މި ސީރީޒްގެ ފެށިގެން އައީ ”ފޯން ކޯލް“ގެ ނަމުގައި ނެރުނު އާދަޔާޚިލާފު ތަފާތު އެޕިސޯޑަކުންނެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ”ލަކުނު“ގެ ނަމުގައި ދެވަނަ އެޕިސޯޑް ވަނީ ދައްކާފައެވެ. އަދި ތިންވަނަ އެޕިސޯޑް މާދަމާ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

25%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް