ads
މިފްކޯއިން މިއަދު އަލަށް ތައާރަފްކުރި މަސްދަޅު
މިފްކޯގެ އަގުހެޔޮ މަސްދަޅު ވިއްކަން ފަށައިފި، އަގަކީ 15 ރުފިޔާ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އަލަށް ތައާރަފުކުރި އަގުހެޔޮ މަސްދަޅުތައް މިއަދު ވިއްކަންފަށައިފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން މިފްކޯގެ ދަށުން ހިންގާ ފެލިވަރުގެ ޕްރޮޑަކްޝަން މެނޭޖަރު ހުސެއިން ޔޫސުފް ވިދާޅުވީ މަސްދަޅުތައް މިވަގުތު މިފްކޯގެ ފިހާރަތަކުންނާއި އެސްޓިއޯ ޕީޕަލް ޗޮއިސްގައި ހުންނަ މިފްކޯގެ ސްޓޯލް އިން ލިބެން ހުންނާނެ ކަމަށެވެ. 

މިފްކޯއިން އަލަށް ތައާރަފްކުރި އަގުހެޔޮ މަސްދަޅަކީ ފަސްމީރު ބްރޭންޑުގެ "ގްރެއިން ޓޫނާ ޗަންކް" މަސްދަޅެވެ. މި މަސްދަަޅުގެ އަގަކީ 15 ރުފިޔާ އެވެ. 

your imageފެލިވަރުގެ ޕްރޮޑަކްޝަން މެނޭޖަރ ހުސެއިން ޔޫސުފް.. ފޮޓޯ: ސީއެންއެމް

މިއީ މިފްކޯއިން ވިއްކާ މަސްދަޅު އަގުބޮޑު ކުރުމަށްފަހު މިފަހުން އެންމެ އަގުހެޔޮކޮށް ވިއްކާ އަގެވެ. 

މިފްކޯގެ ފެލިވަރުން އުފައްދާ އެހެން މަސްދަޅުތަކުގެ ތެރެއިން ތެޔޮ މަސްދަޅާއި، ފެން މަސްދަޅުގެ އަގުތައް ބާޒާރުގައި މިވަގުތު ހުރީ 17 ރުފިޔާ އާއި 19 ރުފިޔާ އާއި 20 ރުފިޔާ އާއި ދެމެދުގެ އަގުތަކަށެވެ. 

އަލަށް ތައާރަފު ކުރި މި މަސްދަޅު ބާޒާރަށް ނެރުމަށް އިއްޔެ މިފްކޯ އާއި އެސްޓީއޯ އާއެކު ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަހުމަދު ޒާމް ވިދާޅުވީ، މި މަސްދަޅަކީ އަގުހެޔޮ އަދި ތެޔޮ މަދު މަސްދަޅެއް ކަމަށެވެ.  

your imageއެސްޓީއޯގެ މެނޭގިންގ ޑިރެކްޓަރު މިފްކޯގެ ސްޓޯލް ބައްލަވާލައްވަނީ.. ފޮޓޯ: ސީއެންއެމް

މި މަސްދަޅު ބާޒާރަށް ނެރުމަށް އެސްޓިއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓިއޯ ޕީޕަލް ޗޮއިސް ޝޮޕިން މޯލުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ މިފްކޯ އަށް ހާއްސަ ސްޓޯލް އެއް ގާއިމުކޮށްދެއްވާފަ އެވެ. އެ ސްޓޯލް މިފްކޯއާއި ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް