ads
ސްޓްރޯބެރީ ދޮވުމަކީ ހަލާކުވާން މެދުވެރިވާ ކަމެއް ކަން އެނގޭތަ؟
ސްޓްރޯބެރީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ވެސް ވަރަށް ކަމުދާ މޭވާއެކެވެ. ނަމަވެސް މި މޭވާ އަކީ ގަނެގެން ގެއަށް އަންނަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވުމަށް މެދުވެރިވާ މޭވާ އެއްވެސްމެ އެވެ. މިހެން މެދުވެރިވަނީ ކީއްވެގެންތޯ އާއި މި މޭވާ ތާޒާކަންމަތީ ބެހެއްޓޭނެ ގޮތަކާއި މެދު އެއްވެސް ވަރަކަށް ވިސްނާލީން ހެއްޔެވެ؟

ސްޓްރޯބެރީ އެހާ އަވަހަށް ހަލާކުވަނީ ކީއްވެ؟ 

އަހަރުމެން އެންމެންނަކީ ވެސް މޭވާ އާއި ތަރުކާރީ ދޮވެފައި ރައްކާކުރާ ބައެކެވެ. މިގޮތަށް ކަންތައް ކުރުމުގައި ސްޓްރޯބެރީ ވެސް ވަކި ތަފާތެއް ނުކުރެ އެވެ. ނަމަވެސް ސްޓްރޯބެރީ އެހާ އަވަހަށް ހަލާކުވާން މެދުވެރިވަނީ ފެނާއި، ތެތްކަމުގެ ސަބަބުންކަން އެނގުމަކީ ހައިރާންވެދާނެ ކަމެކެވެ. ގަބޫލު ނުކުރެވުން ނަމަވެސް ސްޓްރޯބެރީތައް ދޮވެފައި އަލަމާރި އަށް ރައްކާކުރަން ލުމަކީ ސްޓްރޯބެރީ އެހާ އަަވަހަށް ހަލާކުވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. އެހެންކަމުން ސްޓްރޯބެރީގެ ތާޒާ ކަން ހިފެހެއްޓުމުގެ އިތުރުން އޭގެ ނިއުޓްރިއެންޓް ވެސް ހިފަހައްޓާނެ ގޮތެއް މި އާޓިކަލްގައި ހިއްސާކޮށްލާނަމެވެ. 

ސްޓްރޯބެރީ ބްލޯ ޑްރައި ކުރަންވީ ކީއްވެ؟ 

ސްޓްރޯބެރީ އަކީ ގުދުރަތީ ގޮތުން އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިން ސީ އިން ފުރިގެންވާ އެއްޗެކެވެ. މިއީ ދިފާއީ ނިޒާމާއި، މެޓަބޮލިޒަމް ވަރުގަދަކޮށް، ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ސެލް އަލުން އާރާސްތުކުރުމަށް ބާރުއަޅާ އެއްޗެކެވެ. ނަމަވެސް މި މީރު ކުޑަ މޭވާއަކީ މޮއިސްޗާ އާއި ފިނިހޫނުމިނަށް ނުރައްކާ ވާ މޭވާއެކެވެ. އެހެންކަމުން ސްޓްރޯބެރީ ހަލާކުވުމުން ރައްކާތެރިކޮށް، ފަހަށް ރައްކާކުރާނެ ރަނގަޅު ގޮތްތަކެއް ބޭނުންވެއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި، މޭވާ ނުވަތަ ތަރުކާރީ ގައި ކެމިކަލް، އެޑިޓިވްސް، ވެކްސް، ވެލި ނުވަތަ ކުނޑި ފަދަ ތަކެތި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މި ތަކެތި ނުދޮވެ ކެއުމަކީ ވަރަށް ހަޑި އަދި އެތަކެއް ބަލިތަކެއް ޖެހުމަށް ވެސް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ސްޓްރޯބެރީ ނުދޮވެ ނަމަވެސް ސާފުތާހިރުކަން މަތީ ކެއުމަށް ކުރެވިދާނެ ކަންތައްތައް ހިއްސާކޮށްލާނަމެވެ. 

ފުރަތަމަ ސްޓްރޯބެރީގެ ތަޑި އާއި ފަތް ނައްޓާލާ ށެވެ. ދެން ފިނި ފެނުން ދޮވެލާ، ކަރުދާސް ދުވާޔެއްގެ މަތީގައި ހިއްކަން ބަހައްޓާާ ށެވެ. އެއަށްފަހު ހުޅުވިފައި ހުންނަ ޓްރޭ އެއްގެ ތެރެއަށް ލައި ބްލޯ ޑްރަޔާ އެއް ބޭނުންކޮށްގެން 30 ސިކުންތާއި 40 ސިކުންތު ވަންދެން ބްލޯ ޑްރައި ކޮށްލާ ށެވެ. ދެން ރަނގަޅަށް ވައި ބަންދުވެފައި ހުންނަ ކޮންޓެއިނާ އަކަށް ލުމަށްފަހު އައިސް އަލަމާރި އަށް ލާ ށެވެ. އޭރުން ގިނަ ދުވަސް ވަންދެން ސްޓްރޯބެރީތައް ހަލާކުނުވެ ހުންނާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް