މި ބަދަލު ގެނެސްފައިވަނީ މި ޤާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު އަށް މިއަދު އަމަލުކުރަން ފަށަފެށުމާއި އެކުއެވެ.
ވަކީލް ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމް މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 15:00 އަށް ކަމަށް ކަރެކްޝަނުން ބުނެއެވެ.
އެ ސާވިސް އިން ދާދި ފަހުން ވަނީ، އާއިލާގެ ފަރާތުން ގައިދީންނާއި ބަންދު މީހުންނަށް އަންނައުނު ފޮނުވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައެވެ.
އެ އިންތިޒާމު މެދު ކަނޑައިލީ އަންނައުނާއެކު ޖަލަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަތައް ގިނަވުމުންކަމަށް ކަރެކްޝަނުން ބުނެއެވެ. އަންނައުނު ފޮނުވުމުގެ އުސޫލަށް އަލުން އަމަލުކުރަން ފެށިކަމުގައިވީނަމަވެސް، ޖަލަށް މަނާތަކެތި ވައްދާނަމަ އެކަމާގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް އެ ސާވިސް އިން ވަނީ ހާމަކޮށްފައެވެ.