ads
މިނިސްޓަރު ޝައުނާވެސް ރައީސް ސޯލިހާއެކު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުގައި ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެންޑިޑެންސީ ގަބޫލުކުރެެއްވި މައިގަނޑު ސަބަބެއްކަމުގައި ޝައުނާ ފާހަގަކުރައްވާފައިވަނީ ކޮވިޑުގެ ހާލަތުގައި ގައުމުގެ ހާލަތު ބައްލަވައި ގައުމުގެ އިގްތިސާދީ އަދި ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެމަނިކުފާނުގެ ލީޑާޝިޕުގެ ދަށުން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފަ ހުރުމެވެ.

ޝައުނާ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކަން މިއަދު ހާމަކުރައްވާފައިވާއިރު ސަރުކާރުގެ ގިނަ ވަޒީރުންނާއި، ރައީސް ސޯލިހު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ އިސް ބޭފުންޅުންވެސް އެމަނިކުފާނާއިއެކު ހުންނެވިކަން ވަނީ ހާމަ ކުރައްވާފަ އެވެ. 

އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގައި އޮތް ސިޔާސީ ވާދަވެރިކަން އޮތް މި ދުވަސްވަރުގައި އެ ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ ރައީސް ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނެވެ. 

ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނުކުންނާނެކަމަށް ރަސްމީކޮށް އިއުލާނުކުރެއްވުމުން ގިނަ ބަޔަކު އެމަނިކުފާނަށް ތާއީދުކުރައްވާކަން ވަނީ އިއުލާނުކުރައްވާފަ އެވެ. 

your imageމިނިސްޓާ އައިމިނަތު ޝައުނާ

އެގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީގެ އިތުރުން މިނިސްޓަރު ޝައުނާ އާއި، ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލް މެންބަރު އަހުމަދު ސަމީރު ހިމެނިވަޑައިގަންނަވަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް