ads
މިއަދު ސްޑޭޑިއަމް ތެރެއަށް ވަދެގަންނަނީ
ޔޯގާ ހަމަނުޖެހުން: ފުލުހުން ގަސްތުގައި ހުޅުވައިދިން ދޮރެއްތަ؟
"މިވަރުގެ ބޮޑު ކަމެއް ވެގެން ދިޔައިރު، އިންޓެލިޖެންސް މައުލޫމާތެއް ވެސް ފުލުހުންނަށް ނުލިބުނީތޯ، ނޫނީ މިއީ ގަސްތުގައި ވާން ދޫކޮށްލި ކަމެއްތޯ؟" މިއީ ކޮންމެ މީހަކު މިއަދު އުފައްދަމުންދާ ސުވާލެވެ. މި ސުވާލު އުފެދޭ ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއީ މީގެ ކުރިން "އިންޑިއާ އައުޓް" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދަން ރާވާ ކޮންމެ މުޒާހަރާއެއްގެ ނުވަތަ ހިނގާލުމެއްގެ މައުލޫމާތުވެސް ފުލުުހުންނަށް މާކުރިން ލިބިފަ އޮންނާތީ އެވެ. އެމުޒާހަރާތައް ހުއްޓުވަން މާ ކުރިން ފިޔަވަޅުތައްވެސް ވަރުގަދަ ކުރާތީ އެވެ.
Advertisement

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން ބޭއްވި މުޒާހަރާ ފެށިތާ އިރުކޮޅެއް ނުވެ ރޫޅާލާ، ބައިވެރިންނަށް އެ ފުރުސަތު ނުލިބުނު ގޮތް އަދި ހަނދާނެއް ނުނެތެވެ. އެ މުޒާހަރާގައި ފުލުހުން ބޭނުންކުރި "ސަޅި ސްމާޓު އުކުޅުތައް" މުޒާހަރާގެ ބައިވެރިންވެސް ހައިރާން ކޮށްލި އެވެ. މުޒާހަރާ ފެށުމުގެ އެތައް ގަޑިއިރެއް ކުރިން ފުލުުހުންނާއި ސިފައިންގެ ފޯސް އެ ސަރަހައްދަށް ޖަމާވެ، ސަފުތައް އަތުރާލި ގޮތެވެ. މުޒާހަރާއަށް އެކި ރަށްރަށުން އަންނަން އޮތް ފަރާތްތައް މާލެ އެތެރެވިޔަ ނުދިނުމަށް މާލޭގައި ކޯސްޓުގާޑުން ފޯރި މަރަމުންދިޔަ ގޮތެވެ. 

ނަމަވެސް "އިންޓަނޭޝަނަލް ޔޯގާ ޑޭ" ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީންނާއި، އިންޑިއަން ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިއަދު ހެނދުނު ދަނޑުގައި ކުރިއަށް ގެންދިޔަ އިވެންޓުތެރޭ ބަޔަކު އެތަނުގެ ތެރެއަށް ވަދެގަތްއިރު، ފުލުހުންގެ "ސަޅި ސްމާޓު އުކުޅު" ތަކާއިއެކު ތައްޔާރުވެގެން އޮތްތަނެއް ނުފެނުނެވެ. 

ނުހަނު ފަސޭހަކަމާއިއެކު ބެރިކޭޑުތައް ފޫއަޅުވާލާ، އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރާއި، އެހެނިހެން ގައުމުތަކުގެ ސަފީރުންނާއި އެމްބަސީތަކުގެ އިސް ވެރިންގެ އިތުރުން އިންޑިއާ ހައި ކޮމިޝަނަރުވެސް ބައިވެރިވެ ވަޑައިގެން އެ ހަރަކާތްތެރެއަށް ބަޔަކު ވަދެގަންއިރު، ފުލުހުންނަށް އެމީހުން އެތަނުން ފޮނުވާލެވުނީ، ވާނެ ހުރިހާ އެއްޗެއްވެ ނިމުނު ފަހުން ނެވެ. ބައެއް މީހުންނަށް އަނިޔާވެ، ބޭރުދުނިޔޭގެ ކުރިމަތީގައި ރާއްޖެ ފަލީހަތްވެ ވެސް ނިމުނު ފަހުން ނެވެ.

އެވަރުގެ ބޮޑު ހައިޖާނުގަޑެއް ހިގައިގެން ދިޔައިރު، ފުލުހުން ތައްޔާރުނުވެ އޮތް އޮތުން ވަރަށް ގިނަ ބަޔަކު ފާހަގަކުރީ، އެފަދަ ކަމެއް ކުރުމަށް، "ޒިންމާދާރުކަން ކުޑަކޮށް ފުލުހުން ދޫކޮށްލި، ދޫކޮށްލުމެއް"ގެ ގޮތުގަ އެވެ. ފުލުހުންނަށް މީގެ ކުރިން ލިބެމުންދިޔަ އިންޓެލިޖެންސް މައުލޫމާތުވެސް މި ހަރަކާތް ހިންގިއިރު، ނުލިބުނީތޯ އެބަ ސުވާލު އުފައްދަ އެވެ. އިދިކޮޅުގެ މުޒާހަރާތަކަށް ދުރާލާ ފުލުހުންނާއި ސިފައިން ތައްޔާރުވާ ތައްޔާރުވުން މި ހަރަކާތައް ތައްޔާރުވެފަ ނެތީ ކީއްވެތޯ އެބަ ސުވާލު އުފައްދަ އެވެ. 

ބައެއް މީހުން ފާހަގަކުރާ ގޮތުން، މިއަދު ހިނގާދިޔަ ހަމަނުޖެހުން މިއަދު ހިނގާނެކަން ދެނެގަންނަން ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތެއް ވެސް ބޭނުން ނުވާވަރަށް ސޯޝަލް މީޑިއާގައި އެކަން އެކި މީހުންދިޔައީ ހާމަކުރަމުން ނެވެ. 

އެ ހަރަކާތް ޔޫތު މިނިސްޓްރީން އިއުލާންކުރީންސުރެ، އެ ހަރާކާތް ނުބޭއްވޭނެ ކަމާއި، ހަރަކާތް ހުއްޓުވާނެ ކަމުގެ އެތައް ވާހަކަތަކެއް އެތައް ބަޔަކު ޓްވިޓާގައި ދިޔައީ ދައްކަމުން ނެވެ. މިއަދު އެ ހަރަކާތް 06:00 ޖާހާއިރު، ބާއްވާނެކަން އިއުލާންކުރުމުންވެސް އެކަން ހުއްޓުވާން މަގުމައްޗަށް ނިކުންނަން އެކި ފަރާތްތަކުން ދިޔައީ ހިތްވަރުދެމުން ނެވެ. 

އެ ހަރަކާތް ފުރަތަމަ ބާއްވަން މިނިސްޓްރީން ނިންމި ރަސްފަނު ސިޓީ ކައުންސިލުން ނުދިނީވެސް، ވަރަށް ގިނަ ރައްޔިތުން އެކަން އެގޮތަށް ނުކުރުމަށް އެދެމުންދާތީ ކަމަށް އިއްޔެ މޭޔަރު ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވި ހަބަރުތައްވެސް ދިޔައީ އެކި ނޫސްތަކުން ގެނެސްދެމުން ނެވެ. 

މި ހުރިހާ ކަމަކަށްފަހުވެސް، ހޯމް މިނިސްޓްރީން އަދި ފުލުހުންގެ ފަރާތުން މިކަމާއި ކަންބޮޑުވެގެން، މާ ބޮޑު ކަމެއްގެ ގޮތުގައި ދެކުނުހެނެއް ހިޔެއްނުވެއެވެ. އެގޮތަށް ދެކުނުނަމަ މިއަދު މި ހިނގި ހަމަނުޖެހުން ހިނގުމަށް ފުރުސަތު ނުލިބުނީސްކަން ކަަށަވަރެވެ. 

ފަތިސް ނަމާދަށްފަހު، ދިދަތައް ހިފައިގެން ގަލޮޅު ދަނޑު ކައިރިއަށް އެމީހުން އެއްވުމުގެ ކުރިން މަޖީދީމަގުގައި އެތުރިގެން ތިބެ އަޑުގަދަ ކުރާއިން އެމީހުންގެ ޑިމާންޑުތައް އިއްވިވެސްމެ އެވެ. އެއަށްފަހު ތަކުބީރު ކިއަމުން ދަނޑުކައިރިއަށް ޖަމާވިއިރުވެސް، ހަވަރަކަށް ފުލުހުން ފިޔަވައި އިތުރު ފުލުހުންތަކެއް އެ ސަރަހައްދުގައި ނެތެވެ. 

މުޒާހަރާތައް ހުއްޓުވަން އާއްމުކޮށް ޖިޕު ޖިޕު ފުރާ އަންނަ އެސްއޯ ފުލުހުންވެސް ސިފައިންވެސް އެސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން ހަރަކާތްތެރިވެފަ ނުވާކަން ފާހަގަކުރެވުނެވެ.

ބެރިކޭޑެއް ޖަހާ އެ ސަރަހައްދު ބަންދުކޮށްލުން ފިޔަވައި އެތެރޭގެ ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ކުޑަމިނުން ހުރިހާ ދިމާއަކުން ތަޅު އެޅުވެން ހުރި އެ ސްޑޭޑިއަމްގެ އެއްވެސް ދޮރެއްގެ ތަޅެއްވެސް އަޅުވާނުލެވުނެވެ. 

ރުޅިގަދަވެ ހަޅޭލަވަމުންދިޔަ މުޒާހަރާގެ ބައިވެރިން ބެރިކޭޑު ކޮއްޕާލަން ޖެހުނީ އެންމެ ފަހަރަކު އެވެ. މާބޮޑު އުނދަގުލަކާއި ނުލާ މުޒާހަރާގެ ބައިވެރިން އެތެރެއަށް ދެމިގަތްތަން ފެނުނެވެ. 

ތަކުބީރު ކިއަމުން "ނިކުންނާށޭ، ހަމަ މިހާރު ނިކުންނާށޭ" ކިޔަމުން އެތަނުގައި ޖަހާފައިވާ ދިދަތައް ލުހެލާ، ޔޯގާގެ ބައިވެރިން ބޭނުންކުރަން ބަހައްޓާފަހުރި ފެންފުޅިތަކުން އެތަނުގައި ތިބި ބައެއް މީހުންނަށް ހަމަލާދޭންވެސް ފެށި އެވެ.


މުޅި ދަނޑުތެރެއަށް ފެތުރިގަނެ، ޔޯގާ މެޓުތަކުގެ މަތީގައި ތިބި މީހުން އެތަނުން ފަހާ ބޭރުކޮށްލިއިރު، ހައިކޮމިޝަނުގެ އޮފިސަރަކަށްވެސް އަނިޔާ ލިބުނެ އެވެ. އެ ކްރައުޑު މައިތިރިކޮށް، ސަރަހައްދު ހަމަޔަކަށް އެޅުވުނީ 17 ވަރަކަށް މިނެޓު ފަހުން ނެވެ. 

އޭރު ވާނެ ހުރިހާ ގެއްލުމެއްވެ އޮތީ ނިމިފަ އެވެ. ވަދެގަތް ބައިގަނޑުގެ ތެރެއިން ފުލުހުންނަށް ހައްޔަރުކުރެވުނީވެސް އެންމެ ހަ މީހުން ނެވެ. އަނެއް މީހުން ހޯދުމަށް ފުރިހަމަ އަވަސް ތަހުގީގެއް ފުލުހުން މިހާރު ފަށާފަވީނަމަވެސް، މިއީ ފުލުހުންގެ ބޮޑު ފެއިލިއާ އެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިފަހުން، ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އެކަން ފުލުހުންގެ އެކި ގުނަންތަކުން ތަހުގީގުކުރަމުންދާ ކަމަށާއި، ފުލުހުން އެވަގުތު ކަންކުރި ގޮތްވެސް ބަލާ ރިވިއު ރިޕޯޓެއް ހަދާނެ ކަމަށެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް