ފުލުހުން ބުނީ، އިއްޔެ ރޭ ހިންވަރުގެ ގެއެއްގެ ކައިރީގައި ހުރި ސައިކަލެއްގައި ރޯކޮށްލި މައްސަލަ، މިއަދު ހެނދުނު 6:12 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ހިއްސާކުރި ފޮޓޯ އިން ފެންނަ ގޮތުގައި ސައިކަލުގެ އެއްބައި ވަނީ އަނދާފަ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެެވެ.