އެޗްޕީއޭއިން ބުނީ، ރާއްޖޭގައި ކޮވިޑް ކޭސްތައް ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު، ތިންވަނަ ހަފްތާގައި 185 އިންސައްތަ މައްޗަށް ގޮސްފައިވާތީ، ސަމާލުވުމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކަކާއިއެކު ރޭ ނެރުނު ބަޔާނުގައި އެޗްޕީއޭއިން ވަނީ، ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކް އެޅަން އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރުކުރުމުގެ ކުރިން އެތަނެއްގެ ކޮވިޑުގެ ހާލުތު ދެނެގަނެ، ހާލަތު ގޯސް ރަށެއް ނުވަތަ ގައުމަކަށްނަމަ ދަތުރުކުރުން މަޑުޖައްސާލުމާއި، ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެން ނޫނީ ނުބޭއްވުން ނުވަތަ ހަފްލާތައް މަޑުޖައްސާލުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން މިދުވަސްވަރަކީ ހިތާނީ ކޭމްޕްތައްވެސް ބޭއްވަމުންދާ ދުވަސްވަރަކަށްވާތީ، އެފަދަ ހަފްލާތައް ބޭއްވުމުގައިވެސް ގިނަ ބަޔަކު އެއް ނުވާގޮތަށް އެޗްޕީއޭއިން 2020ވަނަ އަހަރު އާއްމުކޮށްފައިވާ ހިތާނީ ހަފްލާތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އެފަދަ ހަފްލާތައް ބޭއްވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮވިޑް-19 ޕެންޑެމިކް ހާލަތުގައި ހިތާން ކުރުމާގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އަމަލުކުރަންޖެހޭނެ ގޮތުގެ އުސޫލެއް އެޗްޕީއޭއިން 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާއްމުކުރި އެވެ. އެ އުސޫލުގައި ވާގޮތުން، އެފަދަ ހަރަކާތްތައް ރައްކާތެރިގޮތުގައި ބޭއްވުމަށް، ހިތާނު ކުރާ ގިނަ ކުދިން އެކުގައި އެއްތަނެއްގައި ބޮޑެތި ހޯލް ފަދަ ތަންތަނުގައި ނުބޭތިއްބުމާއި، ކުދިން ހިތާނުކުރުމަށް އަމިއްލަ ގޭގައި ކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.
އެ އުސޫލުގައިވާ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް
މިދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އެތެރޭގެ އަދި ރާއްޖޭން ބޭރަށް ދަތުރުތަކާއި އެއްވުންތަކާއި، ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށްވާތީ، ކޮވިޑާއި، އަރިދަފުސް ރޯގާ އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތުވެސް އިތުރަށް ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދޭންވީ ކަންކަމެއްވެސް އެޗްޕީއޭ ރޭ ނެރުނު ބަޔާނުގައި ވަނީ އާއްމުކޮށްފަ އެވެ.
އާއްމު ފިޔަވަޅުތައް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;